ޤާނޫނު އަސާސީއާ ޚިލާފަށް ކޮށްފައިވާ ކަންކަމަށް ޖަވާބުދާރީވާން ޖެހޭނެ: ނައިބުރައީސް

l_2024_08_27_055813_gyl276ewi9kf8oz4mjuxd153brhastpvnqc_EN_

ޤާނޫނު އަސާސީއާ ޚިލާފަށް ކޮށްފައިވާ ކަންކަމަށް ޖަވާބުދާރީވާން ޖެހޭނެ: ނައިބުރައީސް

SHARE

ނައިބު ރައީސް ހުސައިން މުހަންމަދު ލަތީފް ވިދާޅުވެފައިވަނީ ގާނޫނާ ޚިލާފަށް ކުރެވުނު ކަންކަމަށް ޒިންމާ ނަގަންޖެހޭނެ ކަމަށެވެ.

މިދިޔަ ސަރުކާރުގެ ދައުރުގައި ދައުލަތުގެ ބަޖެޓުން ގާނޫނާ ޚިލާފަށް ހިންގާފައިވާ މުއާމަލާތްތަކެއް ހުރިކަން ފިނޭންސް މިނިސްޓަރާއި އެޓަރނީ ޖެނެރަލް ހާމަކުރެއްވުމާ ގުޅިގެން އެމްޑީޕީން ވަނީ މިއީ ސަރުކާރުން ހަދާ ދޮގުތަކެއް ކަމަށް ބުނެފައެވެ.

ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވި ގޮތުގައި:

  • 2023 ވަނަ އަހަރު ބޭރުގެ އެހީގެ ދަށުން ގާތްގަނޑަކަށް 2 ބިލިއަން ރުފިޔާ ރެކޯޑްކުރެވިފައިވޭ
  • މިދިޔަ އަހަރުތަކުގައި ޕޯސްޓްކުރަން އެދިފައިވާ 2.5 ބިލިއަން ރުފިޔާގެ ބިލުތަކަށް މި އަހަރުގެ ބަޖެޓުން ޖާގަ ދޭންޖެހޭ
  • މިދިޔަ އަހަރުގެ ބަޖެޓުން އަދާނުކުރެވި ހުރި 3 ބިލިއަން ރުފިޔާ މިއަހަރުގެ ކޭޝްފްލޯއިން އަދާކުރެވިފައިވޭ

އެޓަރނީ ޖެނެރަލް އުޝާމް ވިދާޅުވި ގޮތުގައި މިދިޔަ އަހަރު ހަރަދުކޮށް ރެކޯޑް ނުކޮށް ހުރި 2 ބިލިއަން ރުފިޔާ މި އަހަރަށް ރެކޯޑްކުރުމަކީ ގާނޫނާ ހިލާފު ކަމެކެވެ. މިއީ ގާނޫނު އަސާސީގައި ބުނާ ގޮތުން، އެ އަހަރަކަށް ފާސްކުރާ ބަޖެޓާ އެއްގޮތަށް ހަރަދުކުރަންޖެހޭނެތީއެވެ.