MTCC

ރައްޔިތުންގެ ކަންބޮޑުވުންތައް ހުށަހެޅުމަށް ބިއުރޯއެއް އުފައްދައިފި

ރައީސް އޮފީސް - ފޮޓޯ: އަވަސް

ރައްޔިތުންގެ ކަންބޮޑުވުންތައް ހުށަހެޅުމަށް ބިއުރޯއެއް އުފައްދައިފި

SHARE

ރައްޔިތުންގެ ކަންބޮޑުވުންތައް ހުށަހެޅުމަށް "ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ" އެއް އުފައްދަވައިފިއެވެ.

ރައީސް އޮފީހުން ބުނީ، މި އޮފީހަކީ، ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅުމަށްޓަކައި 24 ގަޑިއިރު ޚިދުމަތް ދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ގާއިމު ކުރެއްވި އޮފީހެއް ކަމަށެވެ.

މި އޮފީސް ގާއިމު ކުރައްވަން ނިންމެވިކަން  ރައީސް މުއިއްޒު އިއުލާނުކުރެއްވީ މިއަހަރުގެ ރިޔާސީ ބަޔާނުގައެވެ. ރައީސް އޮފީހުން ބުނީ،މި ބިއުރޯގެ މަސައްކަތްތައް ޢަމަލީ ގޮތުން ފެށޭނީ މި އަހަރުގެ މެދު ތެރޭގައެވެ.މީގެއިތުރުން، މި ބިއުރޯގެ މަސައްކަތްތައް ފެއްޓެވުމަށްޓަކައި ހަމަޖައްސަވަންޖެހޭ އިދާރީ އިންތިޒާމުތަކާއި، އެ ބިއުރޯއަށް ހޯދަންޖެހޭ މުވައްޒަފުން ހޯއްދެވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެެވެ.

"ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ"ގެ މައިގަނޑު މަސްއޫލިއްޔަތަކީ އެކިއެކި ޕްލެޓްފޯމްތައް މެދުވެރިކޮށް، ރައްޔިތުން ހުށަހަޅާ ޝަކުވާތައް، ޑިޖިޓަލް ސިސްޓަމެއްގެ ތެރެއިން މެނޭޖްކުރުމުގެ އިންތިޒާމު ހަމަޖެއްސުމެވެ. ރައީސް އޮފީހުން ހާމަކުރިގޮތުގައި،މި ބިއުރޯގެ ބައެއްގެ ގޮތުގައި، 24 ގަޑިއިރު ޚިދުމަތް ފޯރުކޮށްދޭ ކޯލް ސެންޓަރެއް ގާއިމުކުރެވޭނެއެވެ.