MTCC

ޑިފެންސް މިނިސްޓަރުކަމަށް ހަސަން ރަޝީދު އައްޔަންކުރައްވައިފި

large_thumb_1776267923194

ޑިފެންސް މިނިސްޓަރުކަމަށް ހަސަން ރަޝީދު އައްޔަންކުރައްވައިފި

SHARE

މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސްގެ މަގާމަށް، ޙަސަން ރަޝީދު އައްޔަންކުރައްވައިފިއެވެ.

މިނިސްޓަރަށް ވަނީ ރައީސް އޮފީހުގައި، މަގާމުގެ ފަތްކޮޅުު ދެއްވައި، ހުވާލައި ދީފައެވެ.މި ރަސްމިއްޔާތުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑޮކްޓަރ މުަޙައްމަދު އިބްރާހީމްއެވެ.

ހަސަން ރަޝީދު މި މަގާމަށް އައްޔަންކޮށްފައިމިވަނީ، ކުރީގެ ޑިފެންސް މިނިސްޓަރ  މުޙައްމަދު ޣައްސާން މައުމޫން އިސްތިއުފާ ދިނުމާއި ގުޅިގެންނެވެ. 10 މިނިސްޓަރަކުގެ އިސްތިއުފާއާ ގުޅިގެން ރައީސް ވަނީ ބައެއް މިނިސްޓްރީތައް އެއްކޮށްލައި 12 މިނިސްޓަރަކު އައްޔަންކުރައްވާފައެވެ. މިއާއެކު ބަންޑާރަ ނައިބު ހިމެނޭހެން ކެބިނެޓުގައި ތިބޭނީ 15 މެންބަރުންނެވެ. މީގެ ކުރިން ކެބިނެޓްގައި 20 އަށް ވުރެ ގިނަ މެންބަރުން ހިމެނެއެވެ. ރައީސް ވަނީ ބައެއް މިނިސްޓްރީތައް އުވާލާފައެވެ.