MTCC

ބަަޖެޓް 2027: ޕީއެސްއައިޕީއަށް 8.2 ބިލިއަން

photo_5_2026-10-29_14-42-33

ބަަޖެޓް 2027: ޕީއެސްއައިޕީއަށް 8.2 ބިލިއަން

SHARE

ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ޕީއެސްއައިޕީ އަށް 8.2 ބިލިއަން ރުފިޔާ ހިމަނައިފި އެވެ.

އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވަނީ ޖުމްލަ ޖުމްލަ 59,704,440,795 ރުފިޔާގެ ބަޖެޓެކެވެ. މިއީ މި ހިނގާ މިއަހަރަށް ފާސްކުރި ބަޖެޓަށްވުރެ 4.5 ބިލިއަން ރުފިޔާ ދަށް އަދަދެކެވެ.

މިނިސްޓަރ ޒަރީރު ހާމަކުރެއްވި ގޮތުގައި މި ބަޖެޓުގެ ތެރެއިން ދައުލަތުގެ ޖުމްލަ ޚަރަދުގެ ގޮތުގައި ހިނގާނީ 52.6 ބިލިއަން ރުފިޔާއެވެ. އޭގެ ތެރޭގައި ހިންގުމުގެ ޚަރަދަށް 42.7 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ޚަރަދަށް 9.9 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، ޕީއެސްއައިޕީ މަޝްރޫއުތަކަށް 8.2 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ އެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީގެ ހަރަދުގެ ޖުމްލަ ކަނޑައެޅުމުގައި ޑޮމެސްޓިކް ބަޖެޓުން ފަންޑުކުރާ މިންވަރު 70 ޕަސެންޓަށް ވުރެ ބޮޑުނުވާނެ މިންވަރެއްގައި ހިފަހައްޓަން އަމާޒު ހިފާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. މީގެ އިތުރުން ޕީއެސްއައިޕީ އަށް ހިމަނާފައިވާ އަދަދަކީ އާ މަޝްރޫތަކަށް ވުރެ ބޮޑަށް މިހާރު ފަށާފައިވާ މަޝްރޫތައް ނިންމުމަށް ހިމަނާފައިވާ އަދަދުތަކެއް ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ވެފައިވާ ވައުދުތަކުގެ ތެރެއިން މިހާރު ފަށާފައިވަނީ 3405 ޕްރޮޖެކްޓެވެ. އޭގެ ތެރެއިން މިހާރު 729 ޕްރޮޖެކްޓް ނިމިފައިވާއިރު މިހާރު ވެސް 2535 މަޝްރޫ ދަނީ ކުރިއަށެވެ. އަދި ސޮއިކުރުމުގެ މަރުހަލާގައި 1000 މަޝްރޫ އެބައޮތެވެ.

ހަމައެއާއެކު 2027 ގެ ބަޖެޓުގެ މައިގަނޑު އަސާސަކީ، 2040 ވަނަ އަހަރު ދިވެހިރާއްޖެއަކީ ކުރިއަރާފައިވާ ޤައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ތަސައްވުރާ އެއްގޮތަށް، ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރުކޮށް އިޤްތިސާދީ ހަމަޖެހުން ޤާއިމުކުރުން ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.