MTCC

މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅުނު 62 އަހަރުގެ މީހަކު ހައްޔަރުކޮށްފި

1_Suspect_1_0290b98862

މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅުނު 62 އަހަރުގެ މީހަކު ހައްޔަރުކޮށްފި

SHARE

ދިރުވާލައިގެން މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅުނު އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހަޒާރުމާގެ / ވ. ފުލިދޫ، އަހުމަދު ނަސީރު (62އ) އެވެ. އޭނާގެ މައްޗަށް ފުލުހުން ކުރަނީ މަސްތުވާތަކެތި ސްމަގުލްކޮށް އެ ތަކެތި ޓްރެފިކްކުރާ ކަމަށް ތުހުމަތެވެ.

ފުލުހުން ވިދާޅުވިގޮތުގައި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ދިން މައުލޫމާތާ ގުޅިގެން ޑްރަގް އެންފޯސްމަންޓުން މިމަހު 24 ވަނަ ދުވަހު އޭނާ ރާއްޖެ އައިސް އެއާޕޯޓްތެރޭ އުޅުނުގޮތުން، ޝައްކުކުރެވިގެން ބަލައި ފާސްކުރެވުނެވެ. ހަށިގަނޑު ބަލައި ފާސްކުރުން އަހުމަދު ނަސީރުގެ ބޮޑުކަމުދިޔައިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 19 ބުލެޓް ފެނިފައިވެއެވެ

މި ތަކެތީގެ ވަގުތީ ބަރުދަނަކީ 427 ގުރާމެވެ. މި މައްސަލައާ ގުޅިގެން އަހުމަދު ނަސީރުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.