MTCC

ޑިޖިޓަލް ފޯ އޯލް" ކެމްޕޭނުގެ ދަށުން އޭއައި ތަމްރީނު ހިންގި ފުރަތަމަ ކުންފުންޏަކަށް އެމްޕީއެލް

Screenshot 2026-10-15 142256

ޑިޖިޓަލް ފޯ އޯލް" ކެމްޕޭނުގެ ދަށުން އޭއައި ތަމްރީނު ހިންގި ފުރަތަމަ ކުންފުންޏަކަށް އެމްޕީއެލް

SHARE

ރާއްޖޭގެ ޤައުމީ ޑިޖިޓަލް އަދި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ހޭލުންތެރިކުރުމުގެ ކެމްޕޭން "ޑިޖިޓަލް ފޯރ އޯލް" ގެ ދަށުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ފުރަތަމަ އޭއައި ތަމްރީނު ޕްރޮގްރާމް ހިންގި ކުންފުންޏަކަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ވެއްޖެއެވެ.

އެމްޕީއެލުން ކުރިއަށް ގެންދިޔަ "އޭއައި އެސެންޝަލްސް: އަންޑަސްޓޭންޑިންގ އެންޑް ވޯކިންގ ވިތު އޭއައި" ގެ ނަމުގައި ކުރިއަށް ގެންދިޔަ މި ތަމްރީނު ޕްރޮގްރާމުގައި އެ ކުންފުނީގެ ސީއީއޯގެ އިތުރުން އެގްޒެކެޓިވް މެނޭޖްމަންޓް ޓީމުގެ އިސް ވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

"ޑިޖިޓަލް ފޯ އޯލް" އަކީ އިސްނަންގަވައިގެން ކުރިއަށްގެންދަވާ "މޯލްޑިވްސް 2.0″ ތަސައްވުރުގެ ދަށުން، ޤައުމީ ފެންވަރުގައި ޑިޖިޓަލް އަދި އޭއައިއަށް މީހުން ހޭލުންތެރިކުރުމަށް ފަށާފައިވާ ޚާއްސަ ކެމްޕޭނެކެވެ.

މި ކެމްޕޭނަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސްނެންގެވުމާއި ސްޓްރެޓީޖިކް ލަފާގެ މަތިން، މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓާއި، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ ގުޅިގެން ހިންގާ ހަރަކާތެކެވެ. އަދި މި ޕްރޮގްރާމް ޢަމަލީ ގޮތުން ހިންގަމުން ގެންދަނީ "ފިއުޗަރ އިންސްޓިޓިއުޓް" އަދި "މައިންޑްކޯ" ގުޅިގެންނެވެ.

މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަކީ، ކުންފުނީގެ ހިންގުން ޒަމާނީ ޓެކްނޮލޮޖީއާއެކު ހަރުދަނާކޮށް، މުވައްޒަފުންގެ ޑިޖިޓަލް ޤާބިލުކަން އިތުރުކުރުމަށް އެމްޕީއެލުން ދޭ އަހައްމިއްޔަތުކަން ހާމަވާ ކަމެއް ކަމަށް އެ ކުންފުނިން ވިދާޅުވެއެވެ. އަދި މިއީ ރާއްޖެ ޑިޖިޓަލް ދުނިޔެއަކަށް ވާސިލުވުމަށް ޤައުމީ ފެންވަރުގައި ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށްވެސް އެމްޕީއެލުން ފާހަގަކުރެއެވެ.