MTCC

އެމްއޭސީއެލް އިން ސޭފްޓީ އެކްރެޑިޓޭޝަން ކާމިޔާބުކަމާއެކު އާކޮށްފި

HSuFQNbbgAAYdXu

އެމްއޭސީއެލް އިން ސޭފްޓީ އެކްރެޑިޓޭޝަން ކާމިޔާބުކަމާއެކު އާކޮށްފި

SHARE

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިންޓަނޭޝަނަލް ސޭފްޓީ އެކްރެޑިޓޭޝަން ފޯ ގްރައުންޑް ހޭންޑްލިން އޮޕަރޭޝަންސް (އިސާގޯ) ކާމިޔާބުކަމާއެކު އާކޮށްފި އެވެ.

އެމްއޭސީއެލް އިން ބުނީ މި އެކްރެޑިޓޭޝަން އާކުރަން ނިންމީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މި މަހުގެ 26 އިން 30 އަށް ހެދި އޮޑިޓަކަށް ފަހު ކަމަށެވެ. މި އޮޑިޓަށް ފަހު އެމްއޭސީއެލް އިން ވަނީ އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން (އައިއޭޓީއޭ) ގެ ރަޖިސްޓްރޭޝަން އާކޮށްފަ އެވެ.

މީގެ އިތުރުން އެ ކުންފުންޏަށް ވަނީ އެންހޭންސްޑް ގްރައުންޑް ސަޕޯޓް އިކުއިޕްމަންޓް (ޖީއެސްއީ) ރިކޮގްނިޝަން ވެސް ލިބިފަ އެވެ. މި ރިކޮގްނިޝަންގެ ތެރޭގައި މަތިންދާބޯޓުތަކަށް ލިބޭ ގެއްލުން ކުޑަކުރުމަށް ތައްޔާރުކޮށްފައިވާ އިކުއިޕްމަންޓް ސޭފްޓީ ފިޔަވަޅުތައް ހިމެނެ އެވެ. އަދި މީގެ ސަބަބުން އެއާޕޯޓުގެ ރައްކާތެރިކަން އިތުރަށް ވަރުގަދަވެގެންދާނެ އެވެ.