MTCC

އުކުޅަހަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސްގެ ދެ ކަނބަލުން މާލެ ވަޑައިގެންފި

468614_50369cb7-7_

އުކުޅަހަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސްގެ ދެ ކަނބަލުން މާލެ ވަޑައިގެންފި

SHARE

އއ. އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއެިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުއަދު މިިއެަފު މާލެ ވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި ރައީސްއގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. ރައީސއގެ ދެކަނބަލުން އުކުޅަހަށް ވަޑައިގަތުމުން، އެ ރަށު ކައުންސިލާއި، މުއައްސަސާތަކުގެ ވެރިންގެ އިތުރުން ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެ ދެކަނބަލުންނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

މި ދަތުރުފުޅުގެ އެންމެ މުހިންމު އެއް ބޭނުމަކީ، އުކުޅަހުގައި ބޭއްވި "ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް ސުޕްރީމް އޮޑިޓް އިންސްޓިޓިއުޝަންސް" (ސިޑްސް-އެސް.އޭ.އައި) ސިމްޕޯޒިއަމް ނިންމުމުގެ ރަސްމިއްޔާތާއި، އިންޓޮސާއީ ޑިވެލޮޕްމެންޓް އިނީޝިއޭޓިވް (އައި.ޑީ.އައި) ގްލޯބަލް ސަމިޓް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މުސްތަގުބަލުގެ ޖީލުތަކަށް ވިލުންތެރި ދައުލަތްތަކާއި ހަރުދަނާ ޑިމޮކްރަސީތަކެއް ކަށަވަރުކޮށްދިނުމަށްޓަކައި، ނަޒާހަތްތެރިކަން އިތުރުކުރުމާއި ޖަވާބުދާރީކުރުވުމުގެ އުސޫލުތައް ހަރުދަނާކުރަން ޖެހޭ ކަމަށެވެ. އަދި މިކަމުގައި ހުރިހާ ފަރާތްތަކުން ގުޅިގެން އިޚުލާސްތެރިކަމާއެކު މަސައްކަތް ކުރުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

ދަތުރުފުޅުގެ ތެރެއިން ރައީސް ވަނީ އުކުޅަހު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައި، ރަށުގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން، އެ ރަށުގައި އަލަށް ބިނާކުރި ވޮލީ ކޯޓު ހުޅުވައިދެއްވުމާއި، ސްޕޯޓްސް ކޮމްޕްލެކްސްގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުވެސް ރައީސް ވަނީ ޝަރަފުވެރިކޮށްދެއްވާފައެވެ.

ރައީސްގެ ދެކަނބަލުން ވަނީ ސަރުކާރުން ކުރިއަށްގެންދާ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން އުކުޅަހުގައި ބޭއްވި ގަސް އިންދުމުގެ ހަރަކާތުގައިވެސް އަމަލީގޮތުން ބައިވެރިވެވަޑައިގެންފައެވެ.

މި ދަތުރުފުޅަކީ ރަށްރަށުގެ ތަރައްޤީއަށާއި ބައިނަލްއަޤުވާމީ ގުޅުންތައް ބަދަހިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރެއްވި މުހިންމު ދަތުރުފުޅެކެވެ.