MTCC

އޭދަފުށީ ފަޅުތެރޭގައި މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެ

images (3)

އޭދަފުށީ ފަޅުތެރޭގައި މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެ

SHARE

ބ. އޭދަފުށީ ބަނދަރު ސަރަހައްދު ފަޅުތެރޭގައި މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު މިއަދު ހެނދުނު ފެނިއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި، އޭދަފުށީ ބަނދަރު ސަރަހައްދު މޫދުގައި މީހަކު ނިޔާވެފައި އޮއްވާ ފެނިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 07:55 އެހައިކަންހާއިރުއެވެ. މި ހާދިސާގައި ނިޔާވެފައި އޮއްވާ ފެނިފައިވަނީ އެ ރަށު، ސީސަންގެ، އުމުރުން 82 އަހަރުގެ އަލީ އަބްދުﷲ އެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް މިހާތަނަށް ސާފުވެފައި ނުވާއިރު، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ. އޭދަފުށިން މައުލޫމާތު ލިބޭ ގޮތުގައި މިއީ އެ ރަށުގެ އުމުރުން ދުވަސްވީ އަދި ގިނަ ބަޔަކު ދަންނަ މީހެކެވެ.

މިފަދަ ހިތާމަވެރި ހާދިސާއެއް ހިނގުމާ ގުޅިގެން ރަށުގެ ރައްޔިތުން ތިބީ ވަރަށް ބޮޑު ސިހުމެއްގެ ތެރޭގައެވެ. ފުލުހުން އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.