MTCC

ފީފާ ވޯލްޑް ކަޕް 2026 ގެ ކަވަރޭޖް ޕާޓްނަރެއްގެ ގޮތުގައި އެމްޓީސީސީ

HKXHsHIb0AA88dt

ފީފާ ވޯލްޑް ކަޕް 2026 ގެ ކަވަރޭޖް ޕާޓްނަރެއްގެ ގޮތުގައި އެމްޓީސީސީ

SHARE

2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފޯރި ދިވެހި ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަށްޓަކައި، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ގެނެސްދޭ ޚާއްސަ ކަވަރޭޖްގެ ރަސްމީ ޕާޓްނަރެއްގެ ގޮތުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބައިވެރިވެއްޖެއެވެ.

ޕީއެސްއެމް ޓީވީ ބިލްޑިންގްގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) ސިނާން ޢަލީއެވެ. ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ޝަކީބެވެ. މި ރަސްމިއްޔާތުގައި އެމްޓީސީސީގެ ޑެޕިއުޓީ ސީއޯއޯ ޙުސައިން ނައުފަލް ނާޞިރު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި މުބާރާތުގެ ކަވަރޭޖް ޕާޓްނަރުންގެ ގޮތުގައި އެމްޓީސީސީގެ އިތުރުން ވިލާ ކޮލެޖް، އައިލެންޑް ޕާފިއުމްސް، އީޒެޕް އަދި ޕްރޮކްސީއާއެކު ވެސް ޕީއެސްއެމްއިން ވަނީ އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ. އަދި މި ކަވަރޭޖްގެ މެއިން ސްޕޮންސަރަކީ މޯލްޑިވްސް ޕޯސްޓް ލިމިޓެޑެވެ.

"ރައްޔިތުންގެ ކުންފުނި" ގެ ނަމުން މަޝްހޫރުވެފައިވާ އެމްޓީސީސީން ހާމަކުރި ގޮތުގައި، ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތާ ގުޅިގެން ކުރިއަށްގެންދާ މި ކަވަރޭޖްގައި ބައިވެރިވުމުގެ މަގުސަދަކީ، މުޅި ދުނިޔެ ގުޅުވައިދޭ އަދި އަންނަން އޮތް ޖީލުތަކަށް ހިތްވަރު ލިބިދޭ މިފަދަ ބޮޑު ހަރަކާތެއްގެ ފޯރި ރާއްޖޭގެ ހުރިހާ ގޭބިސީތަކަކަށް ފޯރުކޮށްދިނުމުގައި އެހީތެރިވުމެވެ.

ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތް ކަމަށްވާ ފީފާ ވޯލްޑް ކަޕަށް ޕީއެސްއެމްއިން ގެނެސްދޭ މި ކަވަރޭޖް ރަސްމީކޮށް ލޯންޗުކޮށްފައި ވަނީ މިދިޔަ މެއި މަހުގެ 18 ވަނަ ދުވަހުއެވެ. މި މުބާރާތުގެ މެޗުތައް ޓީވީ މޯލްޑިވްސް (ޓީވީއެމް) އަދި ޔޭސް ޓީވީ މެދުވެރިކޮށް ވަގުތުން ބަލާލެވޭނެއެވެ.

ފީފާ ވޯލްޑް ކަޕް 2026 ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ މެންދަމު ރާއްޖޭ ގަޑިން 12:00 ގައެވެ. މުބާރާތް ހުޅުވާ މެޗުގައި ބައްދަލުކުރާނީ މުބާރާތް ބާއްވާ ތިން ގައުމުގެ ތެރެއިން އެއް ގައުމު ކަމަށްވާ މެކްސިކޯ އާއި ސައުތު އެފްރިކާއެވެ.