MTCC

އައްޑޫ ރީޖަނަލް ފްރީ ޒޯނުން ބިން ހޯދުމަށް ހުޅުވާލައިފި

WhatsApp-Image-2026-05-13-at-20.12.10

އައްޑޫ ރީޖަނަލް ފްރީ ޒޯނުން ބިން ހޯދުމަށް ހުޅުވާލައިފި

SHARE

އައްޑޫ ސިޓީގައި ތަރައްގީކުރާ "އައްޑޫ ރީޖަނަލް ފްރީ ޒޯން" ގައި މުދާ ރައްކާކުރުމަށް ހުށަހެޅުމުގެ ފުރުސަތު އެމްޕީއެލްއިން ހުޅުވާލައިފި އެވެ.އެމްޕީއެލް އިން ކުރި އިއުލާނެއްގައި ބުނެފައިވަނީ، އައްޑޫ ރީޖަނަލް ފްރީ ޒޯނުން ޖާގަ ހޯދުމަށް ޝައުގުވެރިވާ ވިޔަފާރިތަކުން business@port.mv އަށް އީމެއިލް މެދުވެރިކޮށް އީއޯއައި ހުށަހެޅުމުގެ ފުރުސަތު 13 މެއި އިން 11 ޖޫންގެ ނިޔަލަށް ހުޅުވާލެވިފައިވާ ކަމަށެވެ. އަދި، އީއޯއައި އާއެކު އެ ކުންފުނިން ތައްޔާރުކޮށްފައިވާ ސާވޭ ފޯމު ފުރިހަމަކުރުމަށްފަހު ހުށަހެޅުމަށްވެސް ވަނީ އިރުޝާދު ދީފަ އެވެ.ފްރީ ޒޯނުން ބިން ދޫކުރާނެ ފަރާތްތައް ކަނޑައަޅާނީ ހުށަހަޅާ ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމަށްފަހުގަ އެވެ. އަދި ބިންތަކަށް ކަނޑައެޅިފައިވާ ޓެރިފްތައްވެސް އެސެސްމަންޓަށްފަހު ވިޔަފާރިތަކަށް އަންގާނެ ކަމަށް އެމްޕީއެލް ބުންޏެވެ. "އައްޑޫ ރީޖަނަލް ފްރީ ޒޯން" ބިން ކުއްޔަށް ދޫކުރުމަށް ކަނޑައަޅާފައިވާ ޓެރިފްވެސް މިހާރު ވަނީ ކަނޑައަޅައިފައެވެ.

އައްޑޫ ރީޖަނަލް ފްރީ ޒޯން ބިމުގެ ކުލި:

  • ޖީއެސްޓީ ނުލާ ދުވާލަކަށް: 1،000 އަކަ ފޫޓަށް 153.33 ރުފިޔާ
  • ޖީއެސްޓީ އާއެކު ދުވާލަކަށް: 1،000 އަކަ ފޫޓަށް 165.60 ރުފިޔާ
  • ޖީއެސްޓީ ނުލާ މަހަކަށް: 1000 އަކަފޫޓަށް 4،600 ރުފިޔާ

ދިވެހިރާއްޖޭގެ އިގްތިސާދީ ތަރައްގީގެ ދާއިރާއިން ދެމެހެއްޓެނިވި ތަރައްގީގެ މަގުތަކެއް ހޯދައި، ވިލުންތެރި އިގްތިސާދެއް ބިނާކުރުމަށް އަދުގެ ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، އައްޑޫ ސިޓީގައި "ފްރީ ޒޯން" ގާއިމްކުރުމުގެ މަސައްކަތް ފެށީ މި އަހަރުގެ ތެރޭގައެވެ.