MTCC
20260423-170543-186172

ފުލެޓާއި ބިމަށް އެދި ހުށަހަޅާ މުއްދަތު ދެން އިތުރެއް ނުކުރާނަން!

SHARE

ފުލެޓާއި ބިމަށް އެދި ހުށަހެޅުމަށް ހުޅުވާލެވިފައިވާ، ސްކީމްތަކުގެ މުއްދަތު ދެން އިތުރު ނުކުރައްވާނެ ކަމަށ، ހައުސިން މިނިސްޓަރު ޑރ.އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

ހައުސިން މިނިސްޓްރީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، މީގެކުރިން އެކި ފަހަރުގެ މަތިން، ފުލެޓާއި ބިމަށް ހުށަހެޅުމަށް ހުޅުވާލެވިފައިވާ މުއްދަތު އެކި ފަހަރުގެ މަތިން އިތުރުކޮށްފައިވީ ނަމެވެސް، ދެން ނުކުރާނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، މިމަހުގެ 31 ވަނަ ދުވަހަކީ،ފްލެޓާއި ބިމަށް ހުށަހެޅޭނެ އެންމެ ފަހު ތާރީހުކަމަށެވެ.

މި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބޯހިޔާވަހިކަން އެންމެނަށް ސިޔާސަތުގެ ދަށުން ކުރިއަށްދާ މަޝްރޫއެކެވެ.މި ބުރުގައި ޖުމްލަ 15,000 ގޯއްޗާއި 7,900 ފްލެޓް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި މާލޭގެ ރަށްވެހިންނަށާއި، މާލޭގައި ދިގު މުއްދަތަކަށް ދިރިއުޅޭ ފަރާތްތަކަށް ހާއްސަ ކެޓަގަރީތައް، ނުކުޅެދުންތެރިކަން ހުން ފަރާތްތަކަށް ހާއްސަ ކެޓަގަރީ ހިމެނެއެވެ.

ސަރުކާރުގެ އަމާޒަކީ ވީހާވެސް ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތައް ކަނޑައަޅައި، ގޯއްޗާއި ފްލެޓްތަކުގެ ދާއިމީ ލިސްޓު ލަސްނުކޮށް އިއުލާނުކުރުމެވެ. މިއީ މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް މި ސަރުކާރުން ކުރިއަށްގެންދާ އެންމެ ބޮޑު އެއް މަޝްރޫއުކަމަށްވާއިރު، މި މަސައްކަތް ނިމުމުން އެތައް ހާސް އާއިލާއަކަށް އަމިއްލަ ހިޔާވަހިކަމުގެ އުއްމީދު އާވެގެންދާނެ އެވެ.