MTCC

ކުރިޔަށް އޮތް އިންތިހާބުގައި އަޅުގަނޑުގެ ތާއީދު އޮންނާނީ ޕީއެންސީގެ ކެންޑިޑޭޓުންނަށް: ރައީސް

large_thumb_1773223746316

ކުރިޔަށް އޮތް އިންތިހާބުގައި އަޅުގަނޑުގެ ތާއީދު އޮންނާނީ ޕީއެންސީގެ ކެންޑިޑޭޓުންނަށް: ރައީސް

SHARE

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ތާއީދު އޮންނާނީ ޕީއެންސީ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، މިއަދު އޮތް ހުޅުމާލެ ދެކުނު ދާއިރާގެ ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި އެވެ. ރައީސް ވިދާޅުވީ، ޑޯޓު ޑޯއަށް ވަޑައިގެން އާންމުކޮށް އެއްޗެއް ވިދާޅުނުވި ނަމަވެސް މި ދާއިރާއިން އެމަނިކުފާނަށް ފާހަގަވި ކަމެއް ވޯޓު ދޭ މީހުންނަށް ސާފުކޮށްދޭން ބޭނުންވާކަމަށެވެ.

އެގޮތުން ރައީސް ވިދާޅުވީ ކުރިއަށް އޮތް އިންތިހާބުގައި އެމަނިކުފާނު ހަމައެކަނި ތާއީދު ކުރައްވާނީ ޕީއެންސީގެ ކެންޑިޑޭޓުންނަށް ކަމަށެވެ. އަދި އެމްޑީޕީގެ ކެންޑިޑޭޓަކަށް ނުވަތަ އެހެން ޕާޓީއެއްގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރާ ކަމަށެވެ. މިގޮތަށް އިދިކޮޅުގެ ބައެއް ފަރާތްތަކުން ވާހަކަދައްކަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.

"މި ދާއިރާއިން އަޅުގަންޑަށް ހަބަރު ލިބެނީ، އެމްޑީޕީއިން ނުކުމެ ހުރި ކެންޑިޑޭޓު ބުނާކަމަށް އަޅުޑަނޑުގެ ތާއީދު އޮތީ އެބޭފުޅާއަށް ކަމަށް. އެއީ ކަންޑައެޅިގެން ދޮގެއް. އަޅުގަނޑުގެ ތާއީދު އޮންނާނީ ޕީއެންސީ ކެންޑިޑޭޓަށް އެކަނި". ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން އެމަނިކުފާނަކީ ޕާޓީ ސިސްޓަމް ގަބޫލުކުރައްވާ ބޭފުޅެއް ކަމަށާއި އެެހެންކަމުން އެފަދަ ދޮގު ވާހަކަތައް އެއްވެސް ރައްޔިތަކު ގަބޫލުނުކުރަން ރައީސް އެދިވަޑައިގެންނެވި އެވެ.