ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އިން ތާއިދުކޮށްފިއެވެ.
އެ ޕާޓީއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، މިއީ ރާއްްޖޭގެ އިގްތިސޯދީ ހާލަތާއި ގައުމުގެ ސުލްހަމަސަލަސްކަން ރިއާއަތްކުރާއިރު، ދިވެހި ދައުލަތަށާއި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތްކަމުގައި އެ ޕާޓީއިން ދެކޭ ކަމަށެވެ.
"މި ޕާޓީގެ ރައީސް އޮނަރަބަލް އަހުމަދު ސިޔާމް މުހައްމަދަކީ، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށާއި، އިގްތިސޯދީ ގޮންޖެހުންތަކުން އަރައިގަތުމަށް ބޭނުންވާ ޒިންމާދާރު ސިޔާސަތުތައް އެކަށައެޅުއްވުމަށް ވަކާލާތުކުރައްވާ ބޭފުޅެކެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްްޔަތުންނާއި، ރާއްޖޭގެ ފުންނާބުއުސް ވިޔަފާރިވެރިއެއްގެ ހައިސިއްޔަތުން. އެމަނިކުފާނު އަބަދުވެސް އިސްކަންދެއްވާނީ ގައުމުގެ އިގްތިސޯދީ ހަމަޖެހުމާއި އިޖްތިމާއީ ބަދަހިކަމަށެވެ."
މީގެއިތުރުން އެ ބަޔާނުގައި ބުނީ، އިންތިހާބުތައް އެއްކޮށްލުމަލީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށާއި، ދަރަނި މެނޭޖުކުރުމަށް ލިބޭނޭ ވަރަށް ބޮޑު ލުޔެއްކަމަށް ސަރުކާރުން ބުނާ ބުނުމަށް އެ ޕާޓީއިން އިއުތިރާފުވާ ކަމަށެވެ. އެހެން ކަމުން މިއީ އިގްތިސޯދީ ދެމެހެއްޓެނިވިކަމަށާއި، ގައުމުގެ ކުރިއެރުމަށް އެޅޭނެ މުހިއްމު ފިޔަވަޅަކަށް ވާތީވެ، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ސަރުކާރުން ނިންމި ނިންމުމަށް އެ ޕާޓީއިން ވަނީ މަރުހަބާ ކިޔާފައެވެ.
ހަމަމިއާއެކު، ހަރަދުތައް ކުޑަކޮށް، އިގުތިސާދު ވަރުގަދަކުރުމުގައި ދައުލަތުގެ ހުރިހާ މުއައްސަސާތަކުން ގުޅިގެން މަސައްކަތްކުރުމަށް ވެސް އެ ޕާޓީއިން ވަނީ ގޮވާލާފައެވެ. އެމްޑީއޭގެ ބަޔާނުގައި ބުނީ، އެ ޕާޓީ އިން އޮންނާނީ އަބަދުވެސް، ރައްޔިތުންގެ އެންމެ މަތީ މަސްލަހަތުތައް ހިމާޔަތްކުރުމުގައި ކަމަށާއި، ރޗރައްޔިތުންނަށް ދޭ ކަމަށެވެ.