MTCC

ކަނޑުމަގުން 6 ކިލޯއަށް ވުރެ ގިނަ ޑްރަގު އެތެރެކުރި ދެ މީހުން ހައްޔަރުކޮށްފި

2_Suspects_1_d318e5f36d

ކަނޑުމަގުން 6 ކިލޯއަށް ވުރެ ގިނަ ޑްރަގު އެތެރެކުރި ދެ މީހުން ހައްޔަރުކޮށްފި

SHARE

ކަނޑުމަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި ދެމީހުން ހައްޔަރުކުރީ،ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، ބޭނުންކޮށް ގެންގުޅެ އަދި އެ ތަކެތި ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ކަމަށެވެ.މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ މއ. ތަރިޖެހިއާގެ / މާލެ، ޢިސްމާއީލް އަބާން ޢަބްދުﷲ (25އ) އާއި ސ. މަރަދޫ / ރަތްމާގެ، އަޙްމަދު ދާން ފަރްހޫދު (19އ) އެވެ.

ފުލުހުން ބުނީ، މި ދެ މީހުން ހައްޔަރުކޮށްފައި ވަނީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަންގައި މި މަހު 5 ވަނަ ދުވަހުގައި ކަމަށެވެ. މި ދެ މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު ހަ ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ވަނީ ފެނިފައެވެ. ފުލުހުން ބުނީ،މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.