MTCC

މަދަނީ މައްސަލަތައް އަވަސްކުރުމާ ގުޅޭ ބިލެއް ހުށަހަޅަނީ

796322272_1115238554400741_4795407539832927035_n

މަދަނީ މައްސަލަތައް އަވަސްކުރުމާ ގުޅޭ ބިލެއް ހުށަހަޅަނީ

SHARE

ރާއްޖޭގެ ޝަރުއީ ދާއިރާ އިތުރަށް ހަރުދަނާކޮށް، އާންމު ރައްޔިތުންނާ ގުޅުންހުރި މަދަނީ މައްސަލަތައް ނިންމުން އަވަސްކުރުމަށްޓަކައި ޤާނޫނީ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ނިންމަވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުއިއްޒު ވިދާޅުވީ ޝަރުއީ ނިޒާމު މިނިވަންކަމާއެކު ހިންގުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް މިހާތަނަށް ކުރެވިފައިވާ ކަމަށެވެ. އެގޮތުން ޖުޑިޝަރީގެ މިނިވަންކަން ކަށަވަރުކޮށްދީފައިވާނެ ކަމަށާއި، އެއްވެސް މައްސަލައަކަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން މަސައްކަތް ނުކުރާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ. މީގެ އިތުރުން، ކޯޓުތަކުގެ މާލީ މިނިވަންކަމަށްޓަކައި ބަޖެޓު ބޮޑުކޮށް، ބަޖެޓުގެ ކަންކަން އެއްކޮށް ވަކިކޮށްދީފައިވާނެ ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.

ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ސުޕީރިއަރ ކޯޓު ކޮމްޕްލެކްސް އިމާރާތް ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ. އަދި ކުރިން މަސައްކަތްތައް ހުއްޓިފައި އޮތް ޑްރަގް ކޯޓާއި ކުރިމިނަލް ކޯޓަށް އައު އިމާރާތެއް ހަމަޖައްސައިދީ، އެ ތަންތަނަށް ބަދަލުކުރުމާ ގުޅިގެން މިހާރު އެ ކޯޓުތަކުގެ ހިންގުން ވަރަށް ބޮޑަށް އަވަސްވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައްޔިތުންނަށް ދިމާވާ މަދަނީ މައްސަލަތައް އަވަސް މުއްދަތެއްގެ ތެރޭގައި ނިންމުމަށްޓަކައި ގެންނަންޖެހޭ ޤާނޫނީ އިޞްލާޙުތައް މި އަހަރުގެ ތިންވަނަ ދައުރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމުން ހުށަހަޅުއްވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. މިގޮތުން، ކޯޓުތަކާ ބެހޭ ޤާނޫނަށް ބަދަލުތަކެއް ގެނައުމުގެ އިތުރުން، މަދަނީ އިޖުރާޢަތުގެ ޤާނޫނަށް ބަދަލު ގެނައުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

"މަދަނީ މައްސަލަތައް ކުރިޔަށް ގެންދިއުމުގައި ހޭދަވާ ވަގުތު ކުރުކުރުމަށް، މަދަނީ އިޖުރާޢަތުގެ ޤާނޫނަށް ބަދަލު ގެނައުމަށް މަޖިލީހުގެ ތިންވަނަ ދައުރަށް ހުޅަހަޅާނަން،" ރައީސް ވިދާޅުވިއެވެ.

މި އިސްލާހުތަކުގެ ދަށުން، މަދަނީ ކުދި މައްސަލަތައް ފަސޭހައިން ހުށަހަޅައި، އަވަހަށް ނިންމޭނެ ނިޒާމެއް ޤާއިމުކުރުމަށްޓަކައި "ސްމޯލް ކްލެއިމްސް ކޯޓެއް" އުފެއްދުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއާ ގުޅުންހުރި މައްސަލަތައް އަވަސްކުރުމަށްޓަކައި، ސިވިލް ކޯޓުގައި ހާއްސަ "ކޮމާޝަލް ޑިވިޝަނެއް" ޤާއިމުކުރުމަށް ބޭނުންވާ ފަންނީ ދިރާސާތައް މިހާރު ކުރަމުންދާކަން ވެސް ރައީސް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރެއްވިއެވެ.