MTCC

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުން: ފަސްވަނަ ސެގްމަންޓުގެ ކީވޯލް މަސައްކަތް ބާރުދުވެލީގައި!

676787883_1390405239782142_3925466819088301930_n

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުން: ފަސްވަނަ ސެގްމަންޓުގެ ކީވޯލް މަސައްކަތް ބާރުދުވެލީގައި!

SHARE

މާލޭ ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ ފަސް ވަނަ ސެގްމެންޓްގެ ދަށުން، ކީވޯލް ކެޕިންގ ކޮންކްރީޓް ގެ މަސައްކަތް ނިންމާލައިފި އެވެ.

އެމްޓީސީސީއިން ބުނީ، މި މަސައްކަތުގެ ތެރޭގައި ހިމެނޭ ބިން ހިއްކުމުގެ މަސައްކަތް ނިމި، މިހާރު ކުރިއަށްދަނީ ނަރުދަމާ އާއި ފެން ހޮޅި އެޅުމުގެ މަސައްކަތް ކަމަށެވެ. މީގެއިތުރުން، މަޝްރޫއުގެ ތެރެއިން މިހާރު ކުރިއަށްދާ ނަރުދަމާ އާއި ފެން ހޮޅި އެޅުމުގެ މަސައްކަތްތަކާއި، ނަރުދަމާ ނިޒާމު އިތުރަށް ފުރިހަމަކުރުމުގެ މަސައްކަތްތައް މި ހަފުތާގައި ނިޔަލަށް ނިންމުމަށް އެމްޓީސީސީއިން ދަނީ މަސައްކަތްކުރަމުންނެވެ.

ހަމަމިއާއެކު،ސެޓްލްމަންޓް ޓޭންކްތައް ބެހެއްޓުމާއި، މަގުކައިރި ގާ  ޖެހުމުގެ މަސައްކަތުގެ އިތުރުން،  ފެން ހިންދާ ވަޅު އަދި ކޭބަލް ޖަންކްޝަންތައް ހަރުކުރުމުގެ މަސައްކަތްވެސް މި ހަފުތާގެ ނިޔަލަށް ނިންމާލެވޭނެ ކަަމަށް އެމްޓީސީސީ އިން ވަނީ ބުނެފަ އެވެ.

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މައިގަނޑު މަގްސަދަކީ މާލޭގެ ބަނދަރު ސަރަހައްދުގެ ޓްރެފިކް ތޮއްޖެހުން ކުޑަކުރުމާއި، މަގު ބޭނުންކުރާ ފަރާތްތަކަށް ފަސޭހަ އަދި ރައްކާތެރި މާހައުލެއް ގާއިމުކުރުމެވެ. ހާއްސަކޮށް، މާލޭގެ އުތުރު ބަނދަރަކީ ގިނަ އަދަދެއްގެ މުދާ އުފުލާ އުޅަނދުފަހަރާއި ފެރީތައް ބޭނުންކުރާ ސަރަހައްދަކަށްވުމުން، މަގު ފުޅާކުރުމަކީ މި ސަރަހައްދުގެ އިގްތިސާދީ ހަރަކާތްތަކަށް ލިބޭނެ ބޮޑު ލުޔެކެވެ.

މި މަޝްރޫއަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މާލޭގެ މަގުތައް މަރާމާތުކޮށް ތަރައްގީކުރުމުގެ ސިޔާސަތުގެ ދަށުން ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރިއަށްގެންދާ މަސައްކަތެކެވެ.