MTCC

ބުލީކުރާ ފަރާތްތަކާމެދު ޖިނާއީ ދައުވާ އުފުލޭނެ ގޮތެއް އޮތްތޯ ބަލަނީ

large_thumb_1776923447247

ބުލީކުރާ ފަރާތްތަކާމެދު ޖިނާއީ ދައުވާ އުފުލޭނެ ގޮތެއް އޮތްތޯ ބަލަނީ

SHARE

ބުލީ ކުރުމުގެ އަމަލުތައް ހިންގާ ފަރާތްތަކާ މެދު ޖިނާއީ ފިޔަވަޅު އަޅަން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ. މިނިސްޓަރު ވިދާޅުވީ ބުލީކުރުމުގެ ކަންކަން ސުކޫލުތަކާއި މުޖުތަމައުގެ ތެރޭގައި ފެތުރިފައިވާއިރު، އެކަންކަމާ ގުޅިގެން ގާނޫނީ ގޮތުން ހާއްސަކޮށް ޖިނާއީ ގޮތުން އެޅިދާނެ ފިޔަވަޅުތަކަކީ ކޮބައިކަން ދެނެގަތުމުގެ މަސައްކަތްތަކެއް ބަންޑާރަނައިބުގެ އޮފީހާ ގުޅިގެން ކުރަމުންދާކަމަށެވެ.

"ބުލީކުރުމާއި ގުޅޭގޮތުން އެޅިދާނެ ފިޔަވަޅުތަކަކީ ކޮބައިކަން ދެނެގަތުމަށް، ޚާއްސަކޮށް ޖިނާޢީގޮތުން އެޅިދާނެ ފިޔަވަޅެއް އެބައޮތްތޯ އަޅުގަނޑުމެން މިހާރު މިދަނީ އެޓަރނީ ޖެނެރަލްގެ އޮފީހާއެކު މަސައްކަތްކުރަމުން." މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ބުލީކުރުމުގެ ސަބަބުން މީހުންގެ ފުރާނައަށް ނުރައްކާވާ ހާލަތްތަކުގައި، އެކަންކަމަކީ ޖިނާއީ ދައުވާ އުފުލޭނެ ފަދަ ކަންކަމަށް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިފަދަ މައްސަލަތަކުގައި ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅެއް އަޅުއްވާނެ ކަމުގެ ޔަގީންކަން ވެސް ވަޒީރު ދެއްވި އެވެ. މަސައްކަތުގެ މާހައުލާއި ތައުލީމީ މަރުކަޒުތަކުގައި މި ފަދަ ނޭދެވޭ އަމަލުތައް އިތުރުވަމުންދިއުމަކީ މުޖުތަމައުގެ ރައްކާތެރިކަމަށް އޮތް ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ސަރުކާރުން ދެކެ އެވެ.