އެމްޓީސީސީއާ ހަވާލުކުރި، ސުނާމީ ބިނާގެ މަސައްކަތް އެއްކޮށް ނިންމާލައިފި އެވެ.
އެމްޓީސީސީއިން ވަނީ މާލޭގެ ސުނާމީ ބިނާ ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ އަމަލީ ހުރިހާ މަސައްކަތެއް މިމަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް އެއްކޮށް ނިންމާލާފައެވެ. މި މަޝްރޫއުގެ ދަށުން، އެ ސަރަޙައްދުގެ ހުޅަނގު ފަރާތުގެ ޝީޓް ޕައިލްތައް ހަލާކުވެ، ވެލިގަނޑު ދަމައިގަންނަ މައްސަލަ ހައްލުކުރުމަށް 75 މީޓަރުގެ ޝީޓް ޕައިލް ވަނީ އައުކޮށް، ކީވޯލް މަރާމާތުކޮށްފައެވެ.
މީގެއިތުރުން، ސުނާމީ ބިނާ މޮނިއުމަންޓް ވަނީ އެ މައިޒާނުގެ ކުރިން ހުރި ތަނުން އެހެން ސަރަޙައްދަކަށް ބަދަލުކޮށްފައެވެ.ހަމަމިއާއެކު، މުޅި ސަރަަހައްދުގައި އަލުން ގާ ޖަހައި، ވޯކްވޭތައް ހަދައި، ގިނަ އަދަދަކަށް ގަސްވެސް ވަނީ އިންދާފައެވެ. މި ސަރަހައްދުގައި ރައްކާތެރިކަމުގެ ފެންސު ޖަހާފައިވާއިރު، އިށީނދެލައިގެން ތިބެވޭނެ ގޮތަށް ބެންޗުވެސް ވަނީ ބަހައްޓާފައެވެ.
ސުނާމީ ބިނާގެ މައިޒާން ހުންނަ ސަރަހައްދު ތަރައްގީކޮށް މިހާރު ވަނީ އާންމުންނަށް ހުޅުވާލާފައެވެ.