މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން،، ފްލައިޓްތައް ކެންސަލްވުމާއި ގުޅިގެން ސައުދީ އިން ރާއްޖެއަށް އަންނަން ނުފުރިފައި ތިބި 50 އުމްރާވެރިންގެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިސްލާމިކް މިނިސްޓަރު ޝަހީމް ވިދާޅުވެއްޖެއެވެ.
ޝަހީމް މިފަދައިން ވިދާޅުވީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރައީސް މުއިއްޒު އެކުލަވާލި ހާއްސަ ވަޒީރުންގެ ކޮމެޓީއިން ބޭއްވި ނޫސްވެރިންގެ ބައްދަލަވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ. މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އެއާލައިން އުމްރާވެރިން ގޮަވައިގެން ދެ ގައުމުގެ ދޭތެރޭގައި ދަތުރުކުރަމުންދާ ކަމަށެވެ. އަދި އެ އުމްރާވެރިން ރާއްޖެ ގެނެވޭނެ ކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ދެއްވާފައެވެ.
"އެއްވެސް ކަހަލަ ދަތިކަމެއް ނެތި ވަރަށް ރަނގަޅަށް އިންތިޒާމު ކުރެވިދާނެ. މި ހާލަތާއި ގުޅިގެން ހައްޖުގެ އެއްވެސް ކަމަކަށް ލޮޅުމެއް އަންނާނެ ކަމުގެ އެއްވެސް އިޝާރާތެއް ނެތް."
މިނިސްޓަރު ވިދާޅުވީ، ހައްޖާ ގުޅޭ ހުރިހާ ކަމެއް ވަރަށް ރަނގަޅަށް އެ މިނިސްޓްރީއިން އިންތިޒާމުކޮށްފައިވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މިހާރުވެސް 2000 އެއްހާ މީހުން އުމްރާގެ އަޅުކަން އަދާކުރުމަށް ގޮސް ސައުދީގައި އެބަތިބިކަމަށާއި، އެމީހުންގެ ހާލު ރަނގަޅު ކަމަށެވެ.