MTCC

ހަމަލާތައް ކުށްވެރިކޮށް، ހަނގުރާމަ ހުއްޓާލުމަށް ރާއްޖެއިން ގޮވާލައިފި

760161e0-186d-11f1-b048-c9424b2cf5fd.jpg

ހަމަލާތައް ކުށްވެރިކޮށް، ހަނގުރާމަ ހުއްޓާލުމަށް ރާއްޖެއިން ގޮވާލައިފި

SHARE

އެމެރިކާ  އާއި އިޒުރޭލުން ބައިވެރިވެގެން އިރާނަށް ދޭ ހަމަލާތަކާއި، އިރާނުން އެ ދެގައުމަށް ރައްދުގައި ފޮނުވާ ހަމަލާތައް ވެސް ރާއްޖެއިން ކުށްވެރިކޮށްފިއެވެ.

ރާއްޖެއިން ވަނީ މި ހުރިހާ  ހަމަލާތަކެއް ކުށްވެރިކޮށް، ހަނގުރާަމަ ވަގުތުން ހުއްޓާލުމަށް ގޮވާލާފައެވެ. ފޮރިން މިނިސްޓްރޯއިން ނެރުނު ބަޔާނެއްގައި ވަނީ ސައުދީ އަރަބިއްޔާ، ޔޫއޭއީ، ގަތަރު، ކުވައިތު، ބަހްރެއިން އަދި އެހެނިހެން ގައުމުތަކަށް އީރާނުން ދޭ ހަމަލާތައް ކުށްވެރިކޮށްފައެވެ.

އެ ބަޔާނުގައި ބުނީ، ރާއްޖެއިން އެންމެ ކަންބޮޑުވަނީ ގަލްފު ސަރަހައްދުތަކުގެ އެއަރޕޯޓްތަކާއި، ތެޔޮ ފެސިލިޓީތަކާއި ސިވިލް ލޮކޭޝަންތަކަށް އަސަރުކުރާ ހާދިސާތައް ހިނގާތީވެ ކަމަށާއި އަދި އެއީ، ބައިނަލްއަގްވާމީ ގާނޫނާއި ޖެނީވާ މުއާހަދާތަކާ ސާފުކޮށް ހިލާފު ކަމެއް ކަމަށް ވެސް ބުނެފައިވެއެވެ.

އެ ބަޔާނުގައި ބުނީ ބަދަލު ހިފުމެއް ނުހިންގަނީސް އިރާނުން އެ ގައުމުތަކަށް ހަމަލާދިނުމަކީ ހިތާމަކުރާކަމެއް ކަމަށެވެ. އެ ބަޔާނުގައި ބުނީ،އިސްރާއީލާއި އެމެރިކާއިން އީރާނަށް ދިން އަސްކަރީ ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގެ ހާލަތު ގޯސްވަމުންދާތީ ކަނބޮނޑުވުން ފާޅުކުރާ ކަމަށެވެ.

"އޭގެ ތެރޭގައި އަންހެން ކުދިންގެ ސްކޫލެއްގައި ތިބި ސަތޭކައަށް ވުރެ ގިނަ އާންމުންގެ ގެއްލުންތަކުގެ އިތުރުން ހޮސްޕިޓަލްތަކަށާއި ތެޔޮ ފެސިލިޓީތަކަށް ހަމަލާދީ ބޮޑެތި ގެއްލުންތަކެއް ދިން މީހުން ހިމެނޭ."

މި އަމަލުތަކުގެ ސަބަބުން ގަލްފް ސަރަހައްދުގައި ފިތުނަ އިތުރަށް ބޮޑުވެފައިވާކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އެ ބަޔަނުގައި އިތުރަށް ބުނީ، މި ސަރަހައްދުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ސަރަހައްދުގެ ސުލްހަވެރިކަން ނަގާލާފައިވާ ކަމަށާއި، ރާއްޖެއިން ގޮވާލަނީ ވަގުތުން ހުރިހާ ފަރާތްތަކުން ވެސް ހަނގުރާމަ ހުއްޓާލުމަށެވެ.ހަނގުރާމަ ހިންގަމުންދާ ސަރަހައްދުތަކުގައި،ހަމަޖެހުން ގާއިމުކުރުމަށްޓަކައި، ބައިނަލްއަގުވާމީ މުޖުތަމައުން ޑިޕްލޮމެޓިކް މަސައްކަތްތައް  ވަރުގަދަކޮށް، ހަރުދަނާ ފިޔަވަޅު އެޅުމަށާއި، މިކަމަށް ހައްލެއް ހޯދުމަށް ރާއްޖެއިން ވަނީ އިލްތިމާސްކޮށްފައެވެ.