MTCC

ވީއައިއޭގެ ވޯޓާ އެއިރޯޑްރޯމް ސެޓިފިކޭޝަން އޮޑިޓެއް ފަށައިފި

HS0LOpvbYAECh9y

ވީއައިއޭގެ ވޯޓާ އެއިރޯޑްރޯމް ސެޓިފިކޭޝަން އޮޑިޓެއް ފަށައިފި

SHARE

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން ކުރިއަށްގެންދާ ވޯޓާ އެއިރޯޑްރޯމް ސެޓިފިކޭޝަން އޮޑިޓް ރަސްމީކޮށް ފަށައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިންނެވެ.

އެމްއޭސީއެލް އިން މަޢުލޫމާތުދިން ގޮތުގައި މި އޮޑިޓަކީ ސީޕްލޭން އޮޕަރޭޝަންތަކުގެ ރައްކާތެރިކަމާއި ފެންވަރު އެންމެ މަތީ ދަރަޖައިގައި ދެމެހެއްޓުމަށްޓަކައި ކުރިއަށްގެންދެވޭ މުހިންމު އޮޑިޓެކެވެ. އެގޮތުން މި އޮޑިޓްގެ ތެރޭގައި ވޯޓާ އެއިރޯޑްރޯމްގެ ރައްކާތެރިކަމުގެ ކަންކަމާއި، އޮޕަރޭޝަންތައް ހިނގަމުންދާ ގޮތާއި، ކުއްލި ނުރައްކަލުގެ ހާލަތްތަކަށް ތައްޔާރުވެފައިވާ މިންވަރު (އިމަޖެންސީ ޕްރިޕެއާޑްނެސް) ފުރިހަމައަށް ބެލިގެންދާނެއެވެ.

މީގެއިތުރުން، އެ ސަރަޙައްދުގެ އިންފްރާސްޓްރަކްޗަރ ނުވަތަ ވަސީލަތްތައް ހުރި މިންވަރާއި، ވައިގެ ދަތުރުފަތުރާ ގުޅޭ ޤަވާޢިދުތަކާއި މިންގަނޑުތަކަށް އަމަލުކުރަމުންދާ މިންވަރު (ރެގިއުލޭޓަރީ ކޮމްޕްލަޔަންސް) ވެސް މި އޮޑިޓްގެ ދަށުން ސިވިލް އޭވިއޭޝަން އޮތޯރިޓީން ވަޒަންކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މި އޮޑިޓް ފެށުމުގެ ގޮތުން ބޭއްވި ބައްދަލުވުމުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުހައްމަދުގެ އިތުރުން، އެ ކުންފުނީގެ ސީނިއާ މެނޭޖްމަންޓްގެ ބޭފުޅުންނާއި މޯލްޑިވްސް ނޭޝަނަލް އެއާ ޓްރެފިކް ސާވިސަސްގެ މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ.