MTCC

މާލޭގެ އުތުރު ފަރާތު ބަނދަރުގައި ޖެޓީ ހެދުމުގެ އަމަލީ މަސައްކަތް ފަށައިފި

HT7z4OnaYAAHKi4

މާލޭގެ އުތުރު ފަރާތު ބަނދަރުގައި ޖެޓީ ހެދުމުގެ އަމަލީ މަސައްކަތް ފަށައިފި

SHARE

މާލޭގެ އުތުރު ފަރާތު ބަނދަރުގެ ޖާގަ އިތުރުކޮށް، ދަތުރުވެރިންނަށް ލުއިފަސޭހަ މާހައުލެއް ގާއިމުކުރުމުގެ ގޮތުން އެ ސަރަހައްދުގައި ފިންގަރ ޖެޓީތަކެއް ހެދުމުގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ފަށައިފިއެވެ.

މިއީ ޖުމްލަ 18.98 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ބަނދަރުގައި ދެ ސައިޒެއްގެ ޖެޓީ އެޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ހިމެނެނީ 25 މީޓަރު ދިގު، 6 މީޓަރު ފުޅާ 3 ޖެޓީއަކާއި 15 މީޓަރު ދިގު، 6 މީޓަރު ފުޅާ 3 ޖެޓީއެކެވެ.

މި މަޝްރޫއުގެ މަސައްކަތް އެއްކޮށް ނިމުމުން، އުތުރު ފަރާތު ބަނދަރު ބޭނުންކުރާ އާންމު ރައްޔިތުންނަށާއި ދަތުރުވެރިންނަށް ވަރަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. މިގޮތުން ބަނދަރު މަތީގައި އުޅަނދުފަހަރު ތޮއްޖެހުން ކުޑަވެ، ބޭރުގައި އޮންނަ ލޯންޗުތަކަށް އެރުމަށްޓަކައި އެއް ލޯންޗުން އަނެއް ލޯންޗަށް އަރައިގެން ދާންޖެހޭ ދިއުމާއި އުފުލަންޖެހޭ ތަކުލީފުތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ. ޚާއްސަކޮށް، މިއީ ކުޑަކުދިންނާއި، ދޮށީ އުމުރުގެ މީހުންނާއި އަދި ބަލިމީހުންގެ އިތުރުން ލަގެޖް ހިފައިގެން ދަތުރުކުރާ ފަރާތްތަކަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައެކެވެ.