MTCC

މިމަހު 15 އިން ފެށިގެން ދިވެހިންނަށް 30 ދުވަހު ވިސާއާ ނުލައި ތައިލެންޑުގައި ތިބެވޭނެ

beautiful-best-places-to-visit-in-thailand-for-first-timers

މިމަހު 15 އިން ފެށިގެން ދިވެހިންނަށް 30 ދުވަހު ވިސާއާ ނުލައި ތައިލެންޑުގައި ތިބެވޭނެ

SHARE

މި ހިނގާ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން، ވިސާއާ ނުލައި ދިވެހި ފަތުރުވެރިންނަށް ތައިލެންޑުގައި 30 ދުވަހު ތިބެވޭނެ ކަމަށް ޚާރިޖީ ވުޒާރާއިން ހާމަކުރައްވައިފިއެވެ.

ޚާރިޖީ ވުޒާރާއިން ނެރުއްވި ބަޔާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، ތައިލެންޑުގެ ސަރުކާރުން އެ ޤައުމުގެ ވިސާ ސިޔާސަތަށް ގެނައި އިސްލާޙުތައް އޮގަސްޓް 31 ގައި ރަސްމީކޮށް ގެޒެޓްކުރުމާ ގުޅިގެން، މި މަހުގެ 15 އިން ފެށިގެން އެ އައު އުސޫލުތަކަށް އަމަލުކުރަން ފަށާނެއެވެ. މީގެ ސަބަބުން، ޗުއްޓީ ހޭދަކުރުމަށާއި އެކި ބޭނުންތަކުގައި ތައިލެންޑަށް ދަތުރުކުރާ ދިވެހިންނަށް ވިސާއަކާ ނުލައި އެ ޤައުމުގައި ތިބެވޭނީ 30 ދުވަހުގެ މުއްދަތަކަށެވެ.

މި އަހަރުގެ މެއި މަހު ތައިލެންޑުގެ ކެބިނެޓުން ވިސާ ޕޮލިސީއަށް ގެނައި ބަދަލުތަކާ ގުޅިގެން، 93 ޤައުމަކަށް ވިސާއާ ނުލައި ދެވޭ މުއްދަތު ވަނީ 60 ދުވަހަށް ވުރެ ކުޑަކޮށްފައެވެ. އަދި އެ ނިންމުމުގައި ރާއްޖެ ހިމެނުނީ އެންމެ 15 ދުވަހުގެ ވިސާ-ފްރީ މުއްދަތެއް ލިބޭ ޤައުމުތަކުގެ ތެރޭގައެވެ.

އެހެންނަމަވެސް، މި ކަމާއި ގުޅިގެން ދިވެހި ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވަނީ ޖޫން މަހުގެ 29 ވަނަ ދުވަހު ތައިލެންޑުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި ފޮރިން މިނިސްޓަރު ސީހާސަކް ފޫވަންގްގެޓްގޭއޯއާ ފޯނުން ގުޅުއްވައި، ދިވެހިންނަށް ލިބޭ މުއްދަތު އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

ފޮރިން މިނިސްޓްރީން ބުނި ގޮތުގައި ދެ ޤައުމުގެ ޚާރިޖީ ވަޒީރުންގެ މެދުގައި ދެކެވުނު މި ވާހަކަތަކަށްފަހު، ޖުލައި 14 ގައި ތައިލެންޑް ސަރުކާރުން އެ ސިޔާސަތު އަލުން މުރާޖަޢާކޮށް، ދިވެހިންނަށް ވިސާއާ ނުލައި ތިބެވޭ މުއްދަތު 15 ދުވަހުން 30 ދުވަހަށް ވަނީ އިތުރުކޮށްދީފައެވެ.