MTCC

އެންޑީއޭއިން ޔުނާން ޔުނިވާސިޓީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

HQFFxpHbkAAyrO2

އެންޑީއޭއިން ޔުނާން ޔުނިވާސިޓީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

SHARE

މަސްތުވާތަކެތީގެ ވަބާއަށް ފަރުވާދިނުމާއި ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމުގެ ޚިދުމަތްތައް ޒަމާނީ ފެންވަރަށް ގެންދިއުމަށްޓަކައި، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަދި ޑޭޓާ ސައިންސްގެ ބޭނުން ހިފުމަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ޗައިނާގެ ޔުނާން ޔުނިވަސިޓީއާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި އެންޑީއޭގެ ފަރާތުން ސޮއިކުރެއްވީ އެ އެޖެންސީގެ ބޯޑުގެ ޗެއާޕާސަން އަހުމަދު ސިއްދީގެވެ.

މި ފަހުމުނާމާގެ މައިގަނޑު މަގުސަދަކީ މަސްތުވާތަކެތިން ސަލާމަތްވާން މަސައްކަތްކުރާ ފަރާތްތަކަށް ދެވޭ ފަރުވާގެ ނިޒާމު ހަރުދަނާކުރުމާއި، ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ޒަމާނީ ޓެކްނޮލޮޖީގެ އެހީ ހޯދުމެވެ. އެގޮތުން، އޭއައި މެދުވެރިކޮށް އައު ހައްލުތައް ހޯދުމާއި، މި ދާއިރާއިން ދިރާސާތައް ކުރުމުގެ އިތުރުން ފަންނީ އެހީތެރިކަން ދިނުމާއި، މުވައްޒަފުންގެ ގާބިލުކަން އިތުރުކުރުމަށް ޚާއްސަ ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް މި އެއްބަސްވުމުގެ ދަށުން ވަނީ ހަމަޖެހިފައެވެ.

މި އެއްބަސްވުމާ ގުޅޭގޮތުން އެންޑީއޭގެ ޑެޕިއުޓީ ޑައިރެކްޓަރ ޖެނެރަލް އަބްދުﷲ ފަސީހް ވިދާޅުވީ، މި ޕާޓްނާޝިޕްގެ ދަށުން މައިގަނޑު ގޮތެއްގައި ބަލާނީ ދިވެހި މުޖުތަމައުއާ އެންމެ ގުޅޭ އަދި އެކަށޭނަ އުސޫލުތައް ދެނެގަނެ، އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން އެންޑީއޭގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް ކަމަށެވެ.

"މިދެންނެވީ ނަފްސާނީ ސިއްހަތާ ގުޅުން ހުރި ކަންތައްތަކަކީ އިތުރު އެހެން މީހަކާ ވާހަކަ ދައްކަންވީމަ އެހާ ފަސޭހަ ކަމަކަށް ނުވެދާނެ. އެ ޗެލެންޖުތައް ވީހާވެސް ކުޑަކުރުމުގެ ގޮތުން އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން އެސެސްމެންޓް ހެދުމާއި، އިތުރަށް ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންކަން ހޯދުން،" ފަސީހް ވިދާޅުވިއެވެ.

އަދި ނަފްސާނީ ދުޅަހެޔޮކަމާ ގުޅުންހުރި މައްސަލަތަކުގައި އެހެން މީހުންނާ ވާހަކަދައްކަން ގިނަ ފަހަރަށް ޖެހިލުންވާކަން ފާހަގަކުރައްވަމުން ފަސީހް ވިދާޅުވީ، އޭއައި ބޭނުންކޮށްގެން އެސެސްމެންޓްތައް ހެދޭނެ މަގު ފަހިވުމުން އެފަދަ ގޮންޖެހުންތައް ކުޑަކުރެވިގެންދާނެ ކަމަށެވެ. މީގެ އިތުރުން، މި އެއްބަސްވުމުގެ ސަބަބުން އެންޑީއޭގެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނާއި އައު ތަޖުރިބާތައް ލިބިގެންދާނެކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.