MTCC

"އިންޖިނިއަރސް އެވޯޑު" އަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

d5d04edf-99a1-4013-9d4d-51e929596a0e-1787149665166

"އިންޖިނިއަރސް އެވޯޑު" އަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

SHARE

ދިވެހި އިންޖީނިއަރުން ކުރައްވަމުން ގެންދާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުގެ ފަރާތުން ދޭ "އިންޖިނިއަރސް އެވޯޑު" އަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި މި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ މިމަހު 27 ވަނަ ދުވަހު 14:00 އަށް އިތުރުކޮށްފައެވެ.

މި އަހަރުގެ އިންޖިނިއަރުންގެ އެވޯޑު ދިނުމަށް ނިންމާފައިވާ 10 ގިންތިއަކީ:

  • އިންޖިނިއަރ އޮފް ދަ އިޔަރ
  • ލައިފްޓައިމް އެޗިވްމަންޓް އެވޯޑް
  • ޔަންގް އިންޖިނިއަރ އެވޯޑް
  • ވިމެން އިން އިންޖިނިއަރިންގ އެވޯޑް
  • އިންޖިނިއަރިންގ އިނޮވޭޝަން، ޓެކްނޮލޮޖީ، އެޑިއުކޭޝަން އެންޑް ރިސަރޗް އެވޯޑް
  • ސަސްޓެއިނަބިލިޓީ ޗެމްޕިއަން އެވޯޑު
  • އިންޖިނިއަރިންގ ކޮންސަލްޓަންޓް / ކޮންސަލްޓަންސީ ފާރމް އޮފް ދަ އިޔަރ އެވޯޑު
  • ސްޓޫޑަންޓް އިނޮވޭޓަރ އެވޯޑު
  • ކޮމިއުނިޓީ އިމްޕެކްޓް އެވޯޑު
  • ކޮންޓްރެކްޓަރ އޮފް ދަ އިޔަރ އެވޯޑް

"އިންޖިނިއަރސް އެވޯޑު" ދިނުމާ ގުޅޭ އުސޫލުގައި ބަޔާންކޮށްފައިވާ ޝަރުތުތައް ހަމަވާ ފަރާތްތަކުން މި އެވޯޑަށް ނަން ހުށަހެޅޭނެއެވެ.

ރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެކަމުގައި ޝާމިލުވާ ފަރާތްތަކަށް ހާއްސަކުރާ މި އެވޯޑަށް ނަން ހުށަހެޅުމަށް އޮންލައިން އެޕްލިކޭޝަން ފޯމާއި، އެ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއި، އިޤުރާރު https://awards.infrastructure.gov.mv މެދުވެރިކޮށް ލިބިވަޑައިގަންނަވާނެ ކަމަށް އެ ވުޒާރާއިން ވަނީ އަންގާފައެވެ.