ފޮރިން އެފެއާޒް މިނިސްޓަރު ކަމަށް އިރްތިޝާމްް އާދަމް އައްޔަނު ކުރައްވައިފި އެވެ.
ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ ކެބިނެޓްގެ މިނިސްޓަރުންގެ އަދަު 15 އަށް މަދުކުރައްވާފައެވެ. 10 މިނިސްޓަރަކު އިސްތިއުފާ ދެއްވުމާއި ގުޅިގެން، ރައީސް މިވަނީ 12 މިނިސްޓަރުން ކެބިނެޓް އަށް އައްޔަން ކުރައްވާފައެވެ.
ފާއިތުވި ދުވަސްތަކުގައި މިނިސްޓަރު އިރްތިޝާމް ހުންނެވީ އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައިވާ ހައިކޮމިޝަނަރުގެ މަގާމުގައެވެ. އިރުތިޝާމް އަކީ ހެލްތު މިނިސްޓަރުގެ މަގާމުވެސް އަދާކުރެއްވި ބޭކަނބަލެކެެވެ.
ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި 12 މިނިސްޓަރަކަށް ވަނީ ހުވާ ލައިދީ، ފަތްކޮޅު ހަވާލުކުރައްވާފައެވެ.ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދެވެ.ރައީސް އޮފީހުން ބުނީ އަލަށް އައްޔަން ކުރެއްވި 12 މިނިސްޓަރުންނާއެކު އިތުރު ދެ މިނިސްޓަރުންނާއި، ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ކެބިނެޓުގައި ހިމެނިވަޑައިގަންނަވާނެ ކަމަށެވެ.
މިހާރު އައްޔަނު ނުކުރަނީ، ދެ މިނިސްޓްރީއެއްގެ މިނިސްޓަރުކަމެވެ.