MTCC

ޔޫތު މިނިސްޓްރީ އަދި ސްޕޯޓްސް މިނިސްޓްރީ އެއްކޮށްލައި، މިނިސްޓަރަކަށް ރާފިއު!

459182_dc9accc0-6_

ޔޫތު މިނިސްޓްރީ އަދި ސްޕޯޓްސް މިނިސްޓްރީ އެއްކޮށްލައި، މިނިސްޓަރަކަށް ރާފިއު!

SHARE

މިނިސްޓަރ އޮފް ޔޫތު، އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސްގެ އަބްދު ﷲ ރާފިއު އައްޔަން ކުރައްވަައިފިއެވެ.

ކެބިނެޓްގެ 10 މިނިސްޓަރަކު އިސްތިއުފާ ދިނުމާއި ގުޅިގެން ރައީސް ވަނީ މިނިސްޓަރުންގެ އަދަދު މަދުކޮށް 12 މިނިސްޓރު އައްޔަންކުރައްވާފައެވެ. އެގޮތުން މީގެ ކުރިން ސްޕޯޓްސް މިނިސްޓަރުގެ މަގާމުގައި ހުންނެވި ރާފިއު އަށް ވަނީ ޔޫތު، އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް މިނިސްޓަރުގެ މަގާމު ހަވާލުކުރައްވާފައެވެ.

މީގެ ކުރިން ޔޫތު މިނިސްޓަރުގެ މަގާމުގައި ހުންނެވި އިބްރާހިމް ވަހީދު (އަސްވާޑު) ވެސް ވަނީ އިސްތިއުފަ ދެއްވާފައެވެ. ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި 12 މިނިސްޓަރަކަށް ވަނީ ހުވާ ލައިދީ، ފަތްކޮޅު ހަވާލުކުރައްވާފައެވެ.

ރައީސް އޮފީހުން ބުނީ އަލަށް އައްޔަން ކުރެއްވި 12 މިނިސްޓަރުންނާއެކު އިތުރު ދެ މިނިސްޓަރުންނާއި، ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ކެބިނެޓުގައި ހިމެނިވަޑައިގަންނަވާނެ ކަމަށެވެ.

ރައީސް އޮފީހުން ހާމަކުރި ގޮތުގައި 10 މިނިސްޓަރުންވެސް އިސްތިއުފާ ދެއްވީ، ހެޔޮ ބަދަލަކަށް ފުރުސަތު ދެއްވުމުގެ ގޮތުން ކަމަށެވެ.