MTCC

ސުކޫކު ދެއްކުމުން އިންވެސްޓަރުންގެ އިތުބާރު ރާއްޖެއަށް ލިބިއްޖެ: ސައީދު

IMG_3632

ސުކޫކު ދެއްކުމުން އިންވެސްޓަރުންގެ އިތުބާރު ރާއްޖެއަށް ލިބިއްޖެ: ސައީދު

SHARE

ރާއްޖެއިން ދައްކަން ޖެހިފައި އޮތް 500 މިލިއަން ޑޮލަރުގެ ސުކޫކު އެއްކޮށް ދައްކާ ހާލާސްކޮށް ނިިމުމާއެކު، އިންވެސްޓަރުންގެ އިތުބާރު ރާއްޖެއަށް ލިބެން ފަށައިފިކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަަވަމުން ސައީދު ވިދާޅުވީ، ރާއްޖެއަށް އިންވެސްޓަރުންގެ އިތުބާރު އެންމެ ބޮޑަށް ލިބިގެންދިޔަ ސަބަބަކީ، ސުކޫކު އެއްކޮށް ދައްކާ ނިންމާލުން ކަމަށެވެ. ސައީދު ވިދާޅުވީ ފާއިތުވީ އަހަރުތަކުގެ ތެރޭގައި ރާއްޖޭގެ އިގުތިސާދަަށް އޮތް އެންމެ ބޮޑު ކަންބޮނޑުވުމަކީ، ނިމިދިޔަ ސަރުކާރުން އުފައްދާފައިވާ ބޮޑު ދަރަނި ކަމަށެވެ.

"ދަރަނީގެ ހާލަތުގައި ދަރަނި އަދާކުރެވިދާނެތޯ ސުވާލު އުފެއްދި މީހުންނަށް މިއަދު މިވަނީ ޖަވާބު ލިބިފައި. މިއީ ރައްޔިތުންނާއި އިންވެސްޓަރުން އެންމެ އަޑުއަހަން ބޭނުންވި ހަބަރު."

އެ ދަރަންޏާއެކު،ރާއްޖޭގެ އިގްތިސާދު އޮތީ ވަރަށް ނުރައްކާތެރި ފައްތަރެއްގައި ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. ވެރިކަމާއި ހަވާލުވެވަޑައިގަތުމުގެ ކުރިން، ކެމްޕެއިނު ދުވަސްވަރު ކެނޑިޑޭޓެއްގެ ގޮތުގައި ހުންނެވިއިރުގައިވެސް ރައީސް މުއިއްޒު، ދަރަނިތައް ދައްކާނޭ ގޮތަކާއި މެދު ރޭވުންތައް ރާވައި، ތައްޔާރުވިކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ،
މިނިސްޓަރު އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ރާއްޖެއަށް ބޮޑެތި އިންވެސްޓްމެންޓްތައް ލިބިގެންދާނެ ކަމަށް ބެލެވޭ ކަމަށެވެ.

500 މިލިއަން ޑޮލަރުގެ ސުކޫކަށް ދައްކަންޖެހޭ ފައިސާ ރައީސް މުއިއްޒި ދައްކަވާ ނިންމާލެއްވީ، ކުރީގެ ސަރުކާރުތަކުން ނަގާފައިވާ ބޮޑެތި ދަރަނިތަކާ ހެދި ކުރިމަތިވި އިގުތިސާދީ ދަތިތަކާ ގުޅިގެން ސުކޫކް ދެއްކިދާނެ ކަމާ މެދު ބައެއް ފަރާތްތަކުން ޝައްކު އުފައްދަމުން ދަނިކޮށެވެ.

އެމްޑީޕީ ސަރުކާރުން ނަގާފައިވާ،ދަރަނީގެ 500 މިލިއަން ޑޮލަރާއި، އިންޓްރެސްޓް (ކޫޕަން) ގެ ގޮތުގައި ދެއްކި 24.68 މިލިއަން ޑޮލަރާއެކު ޖުމްލަ 524.68 މިލިއަން ޑޮލަރު މި ސަރުކާރުން ވަނީ ދައްކާފައެވެ.

މިއީ ރާއްޖެ "ޑިފޯލްޓް" ވިޔަނުދީ ސަލާމަތްކުރުމަށް އެޅި މުހިންމު ފިޔަވަޅެކެވެ.