MTCC

ސަރުކާރުގެ ބަދަލުތަކަށް ފުރުސަތު ދެއްވުމަށް 10 މިނިސްޓަރަކު އިސްތިއުފާ ދެއްވައިފި

FotoJet-4-4

ސަރުކާރުގެ ބަދަލުތަކަށް ފުރުސަތު ދެއްވުމަށް 10 މިނިސްޓަރަކު އިސްތިއުފާ ދެއްވައިފި

SHARE

ރައްޔިތުންގެ އިހުސާސްތަކާ އެއްގޮތަށް ސަރުކާރުގެ ހިންގުން ހަރުދަނާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފައްޓަވާފައިވާ އިސްލާހީ ފިޔަވަޅުތަކަށް މަގުފަހިކޮށްދެއްވުމުގެ ގޮތުން، ކެބިނެޓުގެ 10 މިނިސްޓަރުން މިއަދު އިސްތިއުފާ ހުށަހަޅުއްވައިފި އެވެ.

މި ބޭފުޅުންގެ އިސްތިއުފާ ރައީސުލްޖުމްހޫރިއްޔާ މިހާރު ވަނީ ގަބޫލުފުޅު ކުރައްވާފަ އެވެ.

މިއަދު އިސްތިއުފާދެއްވި 10 މިނިސްޓަރުންނަކީ:

  • މިނިސްޓަރު އޮފް ޑިފެންސްގެ މަގާމުން މުހައްމަދު ގައްސާން މައުމޫން
  • މިނިސްޓަރު އޮފް ފޮރިން އެފެއާޒްގެ މަގާމުން ޑރ. އަބްދުﷲ ހަލީލް
  • މިނިސްޓަރު އޮފް ހެލްތްގެ މަގާމުން އަބްދުﷲ ނާޒިމް އިބްރާހީމް
  • މިނިސްޓަރު އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ މަގާމުން ތޯރިގު އިބްރާހީމް
  • މިނިސްޓަރު އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ މަގާމުން ޑރ. އާއިޝަތު ޝިހާމް
  • މިނިސްޓަރު އޮފް ދިވެހި ލެންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖްގެ މަގާމުން އާދަމް ނަސީރު އިބްރާހީމް
  • މިނިސްޓަރު އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ މަގާމުން ޑރ. މަރްޔަމް މާރިޔާ
  • މިނިސްޓަރު އޮފް ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސްގެ މަގާމުން އިބްރާހީމް ވަހީދު
  • މިނިސްޓަރު އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސްގެ މަގާމުން އާދަމް ޝަރީފު އުމަރު
  • މިނިސްޓަރު އޮފް ހަޔާ އެޑިޔުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ މަގާމުން ޑރ އަލީ ހައިދަރު އަހްމަދު

މި ފުރުސަތުގައި، އެ ވަޒީރުން މަގާމުގައި ތިއްބަވައިގެން ގައުމަށް ކޮށްދެއްވި އަގުހުރި ހިދުމަތްތަކުގެ އަގުވަޒަންކުރައްވައި، ރައީސް ވަނީ އެ ބޭފުޅުންނަށް އިހުލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާފަ އެވެ. މިނިސްޓަރުންގެ މަގާމުތަކުގެ އިތުރުން، ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންގެ މަގާމުތަކަށްވެސް މި ހަފުތާގެ ތެރޭގައި އަންނަނީ ބަދަލުތަކެއް ގެންނަވަމުންނެވެ.