ހަޔާ އެޑިއުކޭޝަން މިނިސްޓަރުގެ މަގާމުން ޑރ. އަލީ ހައިދަރު އިސްތިއުފާ ދެއްވައިފި އެވެ.
އޭނާ މަގާމުން ވަކިކުރެއްވިކަން ކަށަވަރުވެފައިވީ ނަމަވެސް، ސަރުކާރުން މި ބަދަލު ގެނައި ސީދާ ސަބަބެއް އަދި މިހާތަނަށް ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ. ހައިދަރުގެ އިސްތިއުފާއާ އެކު މިއަދުގެ މިހާތަނަށް 9 ވަޒީރަކު ވަނީ އިސްތިއުފާ ދެއްވާފަ އެވެ.
މިނިސްޓަރުންގެ އިތުރުން ބައެއް ސަރުކާރުގެ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނަށް ވެސް މި ހަފްތާގައި ދަނީ ބަދަލު ގެންނަމުން ނެވެ.