MTCC

ކާގޯގެ ހިދުމަތްތައް ހުއްޓިދާނެކަމުގެ ބިރު އެބައޮތް؛ފުލައިޓުތަކުގެ ކެބިންގައި ވެސް މުދާ އެބަ ގެންނަން: އަމީން

457409-2873af7d-2-1024x683

ކާގޯގެ ހިދުމަތްތައް ހުއްޓިދާނެކަމުގެ ބިރު އެބައޮތް؛ފުލައިޓުތަކުގެ ކެބިންގައި ވެސް މުދާ އެބަ ގެންނަން: އަމީން

SHARE

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ވައިގެ މަގުން ރާއްޖެއަށް މުދާ އެތެރެކުރުމަށް ބޭނުންކުރާ ކާގޯގެ ހިދުމަތް ހުއްޓިދާނެކަމުގެ ބިރު އޮތް ކަމަށާއި، ފުލައިޓުތަކުގެ ކެބިންތަކުގައި ވެސް މުދާ އެތެރެކުރަމުންދާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

އަމީން މިފަދައިން ވިދާޅުވީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރައީސް އުފެއްދެވި ވަޒީރުންގެ ކޮމެޓީގެ މި ހަފުތާގެ ނޫސްވެރިންގެ ބައްދަލުވުމުގައެވެ. މިނިސްޓަރު އަމީން ވިދާޅު ހަނގުރާމައާ ގުޅިގެން 600 އަށް ވުރެ ގިނަ ފުލައިޓު ކެންސަލްވި ކަމަށާއި،ރާއްޖޭގެ ވައިގެ ދަތުރުފަތުރަށާއި މުދާ އުފުލުމަށް ބޮޑެތި ލޮޅުންތަކެއް އަރާފައިވާ ކަމަށެވެ.

އަމީން ވިދާޅުވީ، އެންމެ ބޮޑު ގެއްލުމެއް ވެގެން ދިޔައީ ރާއްޖެއަށް  މައިގަނޑު ގޮތެއްގައި އަންނަ އެއަރލައިންތައް ކަމަށްވާ ފުލައި ދުބާއީ، ގަތަރު އެއަރވޭސް، ގަލްފް އެއަރ، އެއަރ އޭޝިއާ ފަދަ އެއަރލައިންތަކުގެ ޝެޑިއުލް އޮޕަރޭޝަންތައް ހުއްޓިގެން ދިއުމުން ކަމަށެވެ.

"ރައީސްގެ ލަފާފުޅާއެކު އުފައްދަވާފައި އޮތް ކެބިނެޓް ކޮމިޓީގެ ހުރިހާ މިނިސްޓްރީއަކުން ކުރި މަސައްކަތުން މިއަދާއި ހަމައަށް، އަޅުގަނޑުމެންނަށް ވަރަށް ރަނގަޅު ކުރިއެރުންތަކެއް ލިބިފައި ހުރީ. އޭގެތެރެއިން އެންމެ މުހިއްމު އެއް ކަމަކީ، އަޅުގަނޑުމެންނަށް ވަރަށް ބޮޑު ބިރުވެރިކަމެއް އުފެދިގެން ދިޔަ، ވައިގެ މަގުން ގެންނަ ކޯގާ ސަޕްލަ ލައިން އަށް ހުއްޓުމެއް އައިއްސިއްޔާމުން، އާންމު ރައްޔިތުންނަށް ވެސް ދަތިތަކެއް އަަންނާނެ، ޓޫރިޒަމް ސެކްޓާރ އަށް ވެސް."

އެކަންތަކަށް ހައްލު ހޯދުމުގެ ގޮތުން އިކޮނޮމިކް މިނިސްޓްރީއާއެކު ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި، ކާގޯ ރާއްޖެއަށް ގެނައުމުގެ ދަތިކަން ހައްލުކުުރުމަށް ޝެޑިއުލް ކުރާ ފުލައިޓުތަކުގެ ކެބިންގައި ބަހައްޓަައިގެން މުދާ ގެނައުމުގެ މަސައްކަތް ކުރަން ފެށި ކަމަށާއި އަދިވެސް އެގޮތަށް މުދާ ގެންނަމުންދާ ކަން އަމީން ފާހަގަކުރެއްވިއެވެ.

މީގެ ކުރިން ދަތުރުކުރާ ސްކޭލްގައި ނޫންނަމަވެސް ގިނަ އެއަރލައިން ތަކުގެ ދަތުރުތައް އޮޕަރޭޝަނަށް ގެނެސް، ފަށާފައިވާ ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. ހަަމަމިއާއެކު، އަމީން ވިދާޅުވީ، ފަތުރުވެރިންގެ ރާއްޖެއަށް އަންނަ މިންވަރު މަދުވި ނަމަވެސް، 'މުއްސަނދި ރާއްޖެ' އަށް ގެނައުމަށް މަސައްކަތް ކުރާ ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ އޭޝިއާ ބައްރުގެ ފުލައިޓުތަކުގެ އަދަދު އިތުރުވެފައިވާ ކަމަށާއި، ޓާރކިޝް އެއަރލައިންގެ ޝެޑިއުލްވެސް އިތުރުކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ، ހަނގުރާމައާ ގުޅިގެން އަޅާ ފިޔަވަޅުތަކުގެ ރަނގަޅު އަސަރުކުރަމުންދިޔަ ނަމެވެސް، މިނިސްޓްރީތަކުން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތައް  އަދި ހުއްޓާނުލާނެ ކަމަށެވެ.

ކުރިއަށް އޮތް ދެ ހަފުތާ ތެރޭގައި އިތިއޯޕިއަން އެއަރލައިން އާއެކު، އިތިއޯޕިއާ އަށް ދަތުރުތައް ކުރުމަށް އެއްބަސްވުމުގައި ސޮއިކުރެވިގެންދާނެ ކަން ވެސް މިނިސްޓަރު ހާމަކުރެއްވިއެވެ.