MTCC

އާއިލީ ބޯހިޔާވަހިކަން: "ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީ" އަށް އައު އިސްލާހެއް!

HE5QsVPawAAgYfj

އާއިލީ ބޯހިޔާވަހިކަން: "ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީ" އަށް އައު އިސްލާހެއް!

SHARE

އާއިލީ ބޯހިޔާވަހިކަމުގެ ޕްރޮގްރާމްގެ ދަށުން "ނުކުޅެދުންތެރިކަން ހުން ފަރާތްތަކުގެ ކެޓަގަރީ" އަށް އައު އިސްލާހެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް  ހައުސިން މިނިސްޓަރ ޑރ އަބްދު ﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ނުވަތަ އެފަދަ ފަރާތްތަކުގެ ބަދަލުގައި އެފަރާތްތަކުގެ ބެލެނިވެރިންނަށް ކުރިމަތިލެވޭ ގޮތަށް އުސޫލު އިޞްލާޙުކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަަމަށެވެ.

އެ މިނިސްޓްރީއިން  ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މިއަހަރުގެ ޖަނަވަރީ މަހުގެ 18 ވަނަ ދުވަހުގަ އެވެ. މިނިސްޓްރީއިން ވަނީ ފުލެޓް އަށް ހުށަހެޅުމުގެ މުއްދަތު، މިމަހުގެ ނިޔަލަށް އިތުރުކޮށްފައެވެ."ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީ" ދަށުން ފުލެޓަށް އެދޭއިރު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތަފްޞީލު ސަރުކާރުގެ ގެޒެޓުގައި ވަނީ އާންމުކޮށްފަ އެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަކޮށްގެން ދޫކުރުމަށް ހަމަޖެހިފައިވަނީ 100 ފުލެޓެވެ.