MTCC

އާއިލީ ބޯހިޔާވަހިކަން: މާލޭގައި އުޅުނު މުއްދަތު ސާބިތުކުރަން ލުޔެއް!

big_zBn8swL9IWC4IlANXUIiZWFac-1024x675-1-rgwjuj03zjpzhlmmgy7ohcy1ykgnchiksdklj08nyw-rholi8b10izizyk8ey0lln5ue59exsdkgswhkl50m0

އާއިލީ ބޯހިޔާވަހިކަން: މާލޭގައި އުޅުނު މުއްދަތު ސާބިތުކުރަން ލުޔެއް!

SHARE

އާއިލީ ބޯހިޔާވަހިކަމުގެ ދަށުން ހުޅުވާލާ ބިން އަދި ފުލެޓަށް ހުށަހަޅާއިރު، 'އެފިޑޭޓިވް' ނޫން ލިޔުމަކުން، އެމީހާ މާލޭ ދިރިއުޅުނު މުއްދަތު ސާބިތުވާނަމަ، އެ ލިޔުން ނޯޓަރައިޒްޑް އެފިޑޭޓިވް ހުށަހަޅަން ނުޖެހޭކަމަށް މިނިސްޓްރީ އޮފް ކޮންސްޓަރްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އިން ބުނެފިއެވެ.

އެ މިނިސްޓްރީއިން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ، "މާލޭގައި ދިރިއުޅޭ ވެރިފަރާތުންދޭ ނޮޓަރައިޒްކޮށްފައިވާ އެފިޑޭޓިވް ނޫން ލިޔެކިޔުމަކުން މާލޭގައި ދިރިއުޅުނު މުއްދަތު ސާބިތުވާ ނަމަ ނޮޓަރައިޒްކޮށްފައިވާ އެފިޑޭޓިވް ހުށަހަޅާކަށް ނުޖެހޭނެ" ކަމަށެވެ.

މިނިސްޓްރީ އިން މި ބުނާ އެފިޑޭވިޓް ލިޔުމަކީ،ވަކި ކަމެއް އެއީ ތެދުކަން ބަޔާންކޮށް، ހުވާމަތީގައި ލިޔެފައިވާ "ހުވާގެ އިގުރާރު" ނުވަތަ "ހުވާގެ ބަޔާން" އެވެ. ނޯޓަރައިޒްޑް އެފިޑޭޓިވް އަކީ،މީހަކު ހުވާމަތީގައި ދީފައިވާ ބަޔާނެއް، ގާނޫނީ ވަކީލެއްގެ ކުރިމަތީގައި ސޮއިކޮށް، އެ ވަކީލު އެ ލިޔުމުގެ ސައްހަކަން ކަށަވަރުކޮށްދީފައިވާ ލިޔުމެވެ.

މިނިސްޓްރީ އިން މިހާރު ވަނީ "އާއިލީ ބޯހިޔާވަހިކަން" ގެ ދަށުން އެޕްލިކޭޝަން އަށް ހުޅުވާލާފައެވެ. ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ، "ޢާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުގެ ދަށުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބިމާއި ފުލެޓަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު 30 އޭޕްރީލް ވަނަ ދުވަހުގެ 23:59އާ ހަމައަށް  ވަނީ އިތުރުކޮށްފައެވެ. މިިނިސްޓްރީން ފްލެޓާއި ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތަށް ފުރަތަމަ ހުޅުވާލާފައި ވަނީ މާޗު 4ގެ ނިޔަލަށެވެ. އެކަމަކު އެ މިނިސްޓްރީން މިހާރު އެ ވަނީ އެ ތާރީހު ފަސްކޮށްފަ އެވެ.