MTCC

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އެމްޕީއެލް އިން ހަރަދު ކުޑަކުރުމުގެ ފިޔަވަޅު އަޅަނީ

images (8)

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އެމްޕީއެލް އިން ހަރަދު ކުޑަކުރުމުގެ ފިޔަވަޅު އަޅަނީ

SHARE

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން، ހަރަދު ކުޑަކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ނިންމައިފިއެވެ.

އެމްޕީއެލް އިން ނެރުނު ބަޔާނެއްގައި ބުނީ،މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދިވެހިރާއްޖޭގެ އިގްތިސާދަށް ކުރިމަތިވާ ހިރާސްތައް ކުޑަކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އެޅުމަށް އެކުންފުނިން ނިންމާފައިވާ ކަމަށެވެ.

އެގޮތުން، މި މަހު 7 ވަނަ ދުވަހުން ފެށިގެން އެކުންފުނިން ގެންނަށް ނިންމާފައިވާ ބަދަލުތައް:

1. ޝިފްޓް އުސޫލުން މަސައްކަތްނުކުރާ އިދާރީ މުވައްޒަފުންގެ ރަސްމީ މަސައްކަތުގެ ގަޑި ކުރުކުރުން: ޝިފްޓް އުސޫލުން މަސައްކަތް ނުކުރާ އިދާރީ މުވައްޒަފުންގެ ރަސްމީ މަސައްކަތުގެ ގަޑިއަކީ ހެނދުނު 7:30 އިން މެންދުރުފަހު 14:00 އަށް ކަނޑައެޅުން

2.އަޮޕަރޭޝަނަލް ޝިފްޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތުގެ ގަޑި ދުވާލަކު 8 ގަޑިއިރަށް ވުރެ އިތުރުނުކުރުން

3.ރާއްޖެއިން ބޭރަށް ކޮންމެހެން ކުރަންޖެހޭ ރަސްމީ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ހުއްޓާލުން: ބޭރުގެ ފަރާތްތަކުން ދަތުރުގެ ހުރިހާ ހަރަދެއް ބޭރުގެ ފަރާތްތަކުން ހަމަޖައްސާ ދަތުރުތަކުގައިވެސް، ކުންފުނިން ކުރާ ހަދަރުތައް ވީހާވެސް ކުޑަކުރުން. އަދި ރާއްޖެއިން ބޭރުގައި ތިބި ކަސްޓަމަރުންނާއި ސްޕްލަޔަރަކުންނާ އޮންލައިންކޮށް ބައްދަލުވުންތައް ބޭއްވުން

4. ރާއްޖެއިން ބޭރަށް މުވައްޒަފުން ފޮނުވައިގެން ކުރިއަށް ގެންދާ ޓްރެއިނިންތައް މި ވަގުތަށް ހުއްޓާލައ،ި މިފަދަ ޕްރޮގްރާމްތަކުގައި އޮންލައިންކޮށް ބައިވެރިވުން

5.މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް 2026 ފަސްކުރުން: މީގެކުރިން މި ކޮންފްރެންސް ވަނީ މިމަހުގެ 15 އަށް ތާވަލު ކުރެވިފައެވެ. އެހެންނަމަވެސް މިއަހަރުގެ އޮކްޓޯބަރު 5 ވަނަ ދުވަހަށް މި ކޮންފްރެންސް ވަނީ ފަސްކޮށްފައި.

6.ކަރަންޓް ހަރަދު ކުރުން:ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އެޅުމަށާއ،ި ކަރަންޓު އިސްރާފު ކުޑަކުރެވޭނެ އާދަތަކަށް މުވައްޒަފުންގެ އަހުލުވެރިކުރުމަށް ހަރަކާތްތަކެއް ހިންގުން.

މީގެއިތުރުން، އެމްޕީއެލް އިން ބުނީ، ހަރަދުކުޑަކުރމަށް އޮޕަރޭޝަނަލް ޝިފްޓްތަކުގެ މުވައްޒަފުންގެ މަސައްކަތުގެ ގަށި 8 ގަޑިއިރަށްވުރެ އިތުރުނުކުރި ނަމަވެސް، މާލޭ ވިޔަފާރި ބަނދަރުގެ މުދާ ބޭލުމާއި މުދާ ކްލިއަރކުރުމުގެ މަސައްކަތްތައް ހިނގާ ވަގުތުތަކަށް  އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ.

މި ބަދަލުތަކާއެކުގައި ވެސް، މުދާ ބޭލުމާއި ކްލިއަރކުރުމުގެ ހިދުމަތްތައް މިހާރު ކުރިއަށްދާ ގޮތަށް ކަސްޓަމަރުންނަށް ލިބޭނެ ކަމުގެ ޔަގީންކަން އެމްޕީއެލް އިން ވަނީ ދީފައެވެ.