MTCC

ބަންކަރިންގެ ހިދުމަތުން މިހާތަނަށްް 700 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެ: ސައީދު

images (7)

ބަންކަރިންގެ ހިދުމަތުން މިހާތަނަށްް 700 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެ: ސައީދު

SHARE

ސަރުކާރުން ދެމުން އަންނަ ބަންކަރިންގެ ހިދުމަތުން މިހާތަނަށް 700 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިއްްޖެ ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ބަންކަރިންގެ ހިދުމަތުގެ ސަބަބުން ރަނގަޅު އާމްދަނީ އެއް ސަރުކާރަށް ލިބެމުންދާ ކަމަށާއި، މިހާތަނަށް 730 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ.

މީގެއިތުރުން ސައީދު ވިދާޅުވީ، ބަންކަރިންގެ ހިދުމަތާއި މެދު ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވި ނަމަވެސް. މި ހިދުމަތަކީ ރާއްޖޭގެ އިގުތިސާދުގައި މުހިއްމު ދައުރެއް އަޑާކުރާ ހިދުމަތެއް ކަމަށެވެ.

އެކި ދާއިރާތަކުން އިންވެސްޓްމެންޓްތައް ރާއްޖެއަށް ގެންނަމުންދާއިރު، އެފަރާތްތަކުގެ ޝައުގުވެރިކަން އިތުރުކުރުމަށްޓަކައި،ދުބާއީގެ ގޯލްޑަން ވިސާ ފަދަ ވިސާއެއް ރާއްޖެއަށް ގެންނަން ނިންމާފައިވާ ކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ.އެގޮތުން،ޕާލް ރެޒިޑެންސީ ވިސާ ތައާރަފް ކުރުމަށްޓަކައި އެކަމަށް ބޭނުންވާ ބިލް ބަންޑާރަނައިބު އޮފީހުން ޑްރާފްޓް ކުރުމުގެ މަސައްކަތް ކުރަމުން ޢަންނަ ކަމަށް ވެސް ސައީދު ވަނީ ވިދާޅުވެފައެވެ.

ބަންކަރިންގެ ހިދުމަތް ފަށާފައިވަނީ 2024 ވަނަ އަހަރުގައެވެ. މި ހިދުމަތަކީ، ރާއްޖޭގެ އިހުތިސާދު ހަރުދަނާކޮށް، ދައުލަަތަށް އާމްދަނީ އިތުރުކުރުމަށް ސަރުކާރުން ފަށާފައިވާ ހިދުމަތެކެވެ.