MTCC

ގޭހުގެ އަގު ބޮޑުނުވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ސައީދު ދެއްވައިފި

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު _ފޮޓޯ/ މިނިސްޓްރީ)

ގޭހުގެ އަގު ބޮޑުނުވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ސައީދު ދެއްވައިފި

SHARE

ގޭހުގެ އަގު ބޮޑުވުމުގެ ފުރުސަތެއް ނުދިނުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއްވެސް އަޅާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އެކުލަވާލާފައިވާ ވަޒީރުންގެ ހާއްސަ ކޮމެޓީގައި މިނިސްޓަރ ސައީދު ވިދާޅުވީ، ގޭހުގެ އައު ޝިޕްމެންޓެއް މިރޭ ވިލާ ގޭހަށް އަދި އެސްޓީއޯއަށްވެސް ލިބޭނެ ކަމަށެވެ. މިއަންނަ ބުރާސްފަތި ދުވަހުން ފެށިގެން ވިލާ ގޭހުން އާންމުންނަށް ގޭސް ވިއްކާ އަގު ބޮޑުކުރުމަށް ވަނީ ނިންމާފައެވެ.

ގޭހުގެ އަގު ބޮޑުކުރުމާ އެކު ވިލާ ގޭހާއި އެސްޓީއޯއާ އެކު މަޝްވަރާތަައް ބާއްވައި ހައްލުތަކެއް ހޯދުމަށް ނިންމަފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެެވެ. މިނިސްޓަރު ވިދާޅުވީ ގޭހުގެ އައު ރޭޓާއެކު ބައިނަލްއަގުވާމީ ބާޒާރުގައިވެސް ގޭހުގެ އަގު ބޮޑުވެފައިވާ ކަމަށާއި،މިގޮތަށް އަންނަ އެއްވެސް އަގުބޮޑުވުމަކުން ރައްޔިތުންނަށް ނުވަތަ ވިޔަފާރިވެރިންނަށް ނުވަތަ އިގްތިސާދަށް ނުރަނގަޅު އަސަރެއް އަތުވެދާނެ ގޮތެއް ނުވޭތޯވެސް ބަލަމުންދާކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ގޭހުގެ އަގު ބޮޑުވާކަށް އަޅުގަނޑުމެން ފުރުސަތެއް، ހަމަ ކިރިޔާވެސް ފުރުސަތެއް އޮތިއްޔާ އެކަމަކަށް ފުރުސަތެއް ނުދޭނަން,"

ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ރެކޯޑް މިންވަރަށް އުފުލިފައިވާ ކަމަށާއި، އަދި ދުވަހެއް ދުވަހަަކަށް ތެލުގެ އަގު އުފުލެމުންދާ ކަން އެންވާރަމެންޓް މިނިސްޓަރ ތޯރިގު އިބްރާހީމް ވެސް ވަނީ ފާހަގަކުރައްވާފައެވެ.ގޮތުން ކަރަންޓް އަގުބޮޑު ކުރުމުގެ އެއްވެސް މަޝްވަރާއެއް ކޮށްފައިނުވާ ކަމަށް ވެސް މިނިސްޓަރ ރޯރިގު ވަނީ ވިދާޅުވެފައެވެ.

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އެއްވެސް ދަތިކަމެއް ނެތި،ތެލާއި ގޭސް އަދި އަސާސީ ކާބޯތަކެތި ވެސް ލިބޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.