MTCC

ފެނަކައިގެ އެމްޑީ ނަޖާހު މަގާމުން ވަކިކޮށްފި

5144x3429-24Nov2025-1746pm-scaled

ފެނަކައިގެ އެމްޑީ ނަޖާހު މަގާމުން ވަކިކޮށްފި

SHARE

‏ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުން މުހައްމަދު ނަޖާހު ވަކިކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑް (ޕީސީބީ) އިން ބުނީ،  ‏ފެނަކަގެ އެމްޑީގެ މަގާމުންނާއި ބޯޑު މެންބަރުކަމުގެ މަގާމުން ހ.ޔެލޯރޯޒް 2، މޭޖަރ (ރިޓަޔަރޑް) މުހައްމަދު ނަޖާހް މިއަދުން ފެށިގެން ވަކިކޮށްފައިވާ ކަމަށެވެ. ނަޖާހު ވަކި ކުރި ސަބަބެއް ޕީސީބީއިން ހާމަ އެއް ނުކުރެއެވެ.

ނަޖާހު ފެނަކައިގެ އެމްޑީކަމުގެ މަގާމަށް އައްޔަންކުރެއްވީ، 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. އޭގެކުރިން އެ މަގާމުގައި ހުންނެވީ  މުއާޒު މުހައްމަދު ރަޝީދު އެވެ. މުއާޒު އިސްތިއުފާ ދެއްވުމުން އައްޔަންކުރެއްވީ ނަޖާހުއެވެ. މިއަހަރުގެ ކުރީކޮޅު ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި، އަހުމަދު ޝަމާހު ރަޝީދު ވެސް ވަނީ ވަކިކޮށްފައެވެ.