ލޯކަލް ކައުންސިލް އިންތިހާބު އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ލ. ފޮނަދޫ ކައުންސިލު ކައުންސިލްގެ ރައީސް ކަމަށް ކެންޑިޑޭޓް އަހްމަދް ރިޔާޒް އިންތިހާބުކޮށްފި އެވެ.
ރިޔާޒް ވަނީ 900 އަށް ވުރެ ގިނަ ވޯޓާ އެކު އެ ގޮނޑި ކާމިޔާބު ކޮށްފަ އެވެ. އެމްޑީޕީގެ ޓިކެޓުގައި ނުކުންނެވި އިބްރާހީމް އަހްމަދަށް ލިބިވަޑައިގެންފައި ވަނީ 467 ވޯޓެވެ.
މީގެއިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާކަމަށްވެސް އިންތިހާބުވީ ޕީއެންސީގެ ކެންޑިޑޭޓެކެވެ. ކޮމިޓީގެ ރައީސަކަށް އިންތިހާބުވެވަޑައިގެންފައި ވަނީ ޕީއެންސީގެ ކެންޑިޑޭޓު އައިޝަތް ރިސްމާ އެވެ. ރިސްމާ ވަނީ 889 ވޯޓާ އެކު އެ ގޮނޑި ކާމިޔާބު ކޮށްފަ އެވެ.
ހޮނިހިރު ދުވަހު ބޭއްވި މި އިންތިހާބުގައި، ޖުމްލަ 214،898 މީހަކު ވޯޓުލާފައިވާ ކަމަށް އީސީގެ ތަފާސްހިސާބުތަކުން ވަނީ ދައްކާފައެވެ. އެގޮތުން ވޯޓުލުމުގެ ހައްގު ލިބިފައިވަނީ، 253،714 މީހުންނަށެވެ.