MTCC

ފިޔޯރީ ރައީސްގެ ގޮނޑި ޕީއެންސީއަށް

652132029_1365247388964232_8956657070701573964_n

ފިޔޯރީ ރައީސްގެ ގޮނޑި ޕީއެންސީއަށް

SHARE

ލޯކަލް ކައުންސިލް އިންތިހާބު އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ގދ. ފިޔޯރީ ކައުންސިލްގެ ރައީސް ކަމަށް ކެންޑިޑޭޓް އަބްދުﷲ މުބާހު އިންތިހާބުކޮށްފި އެވެ.

މުބާހު ވަނީ 468 ވޯޓާ އެކު އެ ގޮނޑި ކާމިޔާބު ކޮށްފަ އެވެ. އޭނާއާ ވާދަކުރެއްވީ މިހާރު ވެސް ކައުންސިލްގެ ރައީސްއަކަށް ހުންނެވި ފައިޒަރު ރަޝީދެވެ. އަމިއްލަ ގޮތުން ވާދަކުރެއްވި ފައިޒަރަށް ލިބިވަޑައިގެންފައި ވަނީ 400 ވޯޓެވެ.

މީގެއިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާކަމަށްވެސް އިންތިހާބުވީ ޕީއެންސީގެ ކެންޑިޑޭޓެކެވެ. ކޮމިޓީގެ ރައީސަކަށް އިންތިހާބުވެވަޑައިގެންފައި ވަނީ ޕީއެންސީގެ ކެންޑިޑޭޓު މަރިޔަމް ޝިފާނާ އެވެ. ޝިފާނާ ވަނީ 529 ވޯޓާ އެކު އެ ގޮނޑި ކާމިޔާބު ކޮށްފަ އެވެ.

ހޮނިހިރު ދުވަހު ބޭއްވި މި އިންތިހާބުގައި، ޖުމްލަ 214،898 މީހަކު ވޯޓުލާފައިވާ ކަމަށް އީސީގެ ތަފާސްހިސާބުތަކުން ވަނީ ދައްކާފައެވެ. އެގޮތުން ވޯޓުލުމުގެ ހައްގު ލިބިފައިވަނީ، 253،714 މީހުންނަށެވެ.