MTCC

ފުރަތަމަ ހަފުތާގައި މާލޭ ޓެކްސީ ލައިންގެ ހިދުމަތް ހިލޭ!

photo_2026-04-04_08-20-04

ފުރަތަމަ ހަފުތާގައި މާލޭ ޓެކްސީ ލައިންގެ ހިދުމަތް ހިލޭ!

SHARE

މާލޭ ޓެކްސީ ލައިންގެ ހިދުމަތް ސަރުކާރުން ތައާރަފުކޮށްފައިވާއިރު، މި ހިދުމަތް ފުރަތަމަ ހަފުތާ ހިލޭ ދިނުމަށް ސަރުކާރުން ނިންމައިފި އެވެ.

މާލޭ ޓެކްސީ ލައިނަކީ، މާލޭ ސަރަޙައްދަށް ކުރިމަތިވެފައިވާ ޓެކްސީގެ ދަތިކަމަށް ވަށާޖެހޭ ޙައްލެއް ހޯއްދަވައިދެއްވުމުގެ މަޤުޞަދުގައި، ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތީން ތައާރަފުކުރެވުނު ހިދުމަތެކެވެ.އެގޮތުން،24 ގަޑިއިރު ޚިދުމަތް ލިބޭގޮތަށް ފެށި މި ޚިދުމަތުގައި ބޭނުންކުރާނީ، ތިމާވެއްޓާ ރަޙުމަތްތެރި، 150 އިލެކްޓްރޯނިކް ވެހިކަލް (އީ.ވީ) އެވެ.

މީގެ ތެރޭގައި، މާލޭގެ ހަނި މަގުތަކަށް ޚާއްޞަ ކުދި ކާރާއި، ދާގީނާ އުފުލޭ ފަދަ ބޮޑެތި ކާރު ހިމެނޭހެން، ތިން ސައިޒެއްގެ ކާރު މި ޚިދުމަތުގައި ބޭނުންކުރާނެ ކަމަށް އެމްޓީސީސީ އިން ބުނެއެވެ.

މިނިސްޓަރު އަމީން ވިދާޅުވީ، މި ފެށި ޚިދުމަތުގެ ސަބަބުން، މިހާރުވެސް ޓެކްސީ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ޚިދުމަތް ކުރިއަށްގެންދިއުމަށް އެއްވެސް ހުރަހެއް ކުރިމަތިނުވާނޭކަމުގެ ޔަޤީންކަން ދެއްވާފައެވެ. މިއަހަރުގެ ތެރޭގައި އައްޑޫގައި ވެސް މި ހިދުމަތް ތައާރަފުކުރައްވާނޭ ކަމަށް މިނިސްޓަރު އަމީން ވަނީ ވިދާޅުވެފަ އެވެ.