MTCC

5 ޖެހުމާއި އެކު ވޯޓު ފޮށިތައް ބަންދުކޮށްފި

HFD8T1dasAAiwDU

5 ޖެހުމާއި އެކު ވޯޓު ފޮށިތައް ބަންދުކޮށްފި

SHARE

މިއަދު ބާއްވަމުންދާ އިންތިހާބުތަކުގެ ވޯޓު ފޮށިތައް ހަވީރު 5 ޖެހުމާއި އެކު ބަންދުކޮށްފި އެވެ.

މިހާރު ވޯޓު ލެވޭނީ 5 ޖެހުމާ ހަމައަށް ކިއުއަށް އަރާ ތިބި މީހުންނަށް އެކަންޏެވެ.

މި އިންތިޚާބުގައި ވޯޓުލުމަށް ހުޅުވާލީ ހެނދުނު 8 ޖެހި އިރު އެވެ. ވޯޓުލުން ކުރިއަށް ގެންދިއުމަށް ނިންމީ ހަވީރު 4 ޖެހުމާ ހަމައަށް ކަމަށެވެ.

އެކަމަކު އީސީން ވަނީ ހޫނުގަދަވުމާއި، ވޯޓު ކިޔު ކިޔު ދިގުވުމުގެ ސަބަބުން ގިނަބަޔަކަށް ވޯޓުލުމަށް ދަތިވެފައިވާތީ، ހަވީރު 5:00އާ ހަމައަށް އިތުރުކޮށްފަ އެވެ. އަދި 5 ޖެހުމާއި އެކު ފޮށިތައް މިހާރު ވަނީ ބަންދުކޮށްފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި ހަވީރު 4 ޖެހުމާ ހަމައަށް ވޯޓުލާފައި ވަނީ 63 އިންސައްތަ މީހުންނެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ 294،876 މީހުން ތިބިއިރު، އޭގެ ތެރޭގައި ހިމެނެނީ 144،506 އަންހެނުންނާއި 150,370 ފިރިހެނުންނެވެ. އީސީގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިހާތަނަށް 63،175 އަށްވުރެ ގިނަ އަންހެނުންނާއި 68،772 އަށްވުރެ ގިނަ ފިރިހެނުން ވަނީ ވޯޓުލާން ގޮސްފަ އެވެ.