ފުށިދިއްގަރު ފަޅުން ހުޅުމާލެ ފުރަތަމަ ފިޔަވައްސާ އެއްވަރުގެ ސަރަހައްދެއް ހިއްކައިފި

-

ފުށިދިއްގަރު ފަޅުން ހުޅުމާލެ ފުރަތަމަ ފިޔަވައްސާ އެއްވަރުގެ ސަރަހައްދެއް ހިއްކައިފި

SHARE

ހުޅުމާލެ ފުރަތަމަ ފިޔަވައްސާ އެއްވަރުގެ ސަރަހައްދެއް ފުށިދިއްގަރު ފަޅުން ހިއްކައިފިއެވެ.

މި މަޝްރޫއުގެ ދަށުން މިހާތަނަށް 129.60 ހެކްޓަރުގެ ބިން ހިއްކާފައިވެއެވެ. މިއީ ރާއްޖޭގައި މިހާތަނަށް ހިންގާ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއުއެވެ.
ސަރުކާރުން ބުނެފައިވާ ގޮތުގައި ފުށިދިއްގަރުފަޅު އެއްކޮށް ހިއްކާއިރު 1،153 ހެކްޓަރު ހިއްކާނެ އެވެ. އެ ބިން ހިއްކަމުން އަންނަނީ ކަނޑުގެ ލޮނުގަނޑުން ފެށިގެން 2.5 މީޓަރު އަދި މެދަށް ތިން މީޓަރުގެ އުސްމިނަށެވެ. އެ މަޝްރޫއުގެ މަސައްކަތް ކުރިއަށްދަނީ 11 ސަރަޙައްދަކަށް ބަހާލައިގެން ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ އާއި މޯހަން މުތާ އެކްސްޕޯޓްސް މި ދެ ކުންފުންނިންނެވެ.

ފުށިދިއްގަރުފަޅު ހިއްކުން މެދުކެނޑިފައި އޮތުމަށްފަހު އަލުން ބިން ހިއްކަން ފަށަން އެޗްޑީސީން އަންނަނީ ތައްޔާރުވަމުންނެވެ. މިހާރު ކުރަމުން އަންނަނީ ސައިޓް މޮބިލައިޒްކޮށް ބިން ހިއްކަން ފަށަން ގޮންޑޮލް ޖެހުމުގެ މަސައްކަތް ކަމަށް އެޗްޑީސީން ހާމަކޮށްފައި ވެއެވެ. ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ގެނައުމަށް ފުށިދިއްގަރުފަޅު ހިއްކައިގެން ހަދާ ރަސްމާލޭގެ މަޝްރޫއު ރައީސް ޑރ. މުހައްމަދު މުއިއްޒު ފައްޓަވައިދެއްވީ 18 ޑިސެމްބަރު 2023 ގައެވެ.