MTCC

ކޮންމެ ރައްޔިތަކުވެސް ގައުމީ ވިސްނުމުގައި ވޯޓުލުމަށް ރައީސް ގޮވާލައްވައިފި

DSC_8040 (2)

ކޮންމެ ރައްޔިތަކުވެސް ގައުމީ ވިސްނުމުގައި ވޯޓުލުމަށް ރައީސް ގޮވާލައްވައިފި

SHARE

މާދަމާލާ ވޯޓުތަކަކީ ގައުމީ ވިސްނުމުގައިލާ ވޯޓުތަކަށް ހަދަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހަންމަދު މުއިއްްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވެފައި ވަނީ  ޕީއެންސީގެ ކެންޕެއިން ނިންމާލުމުގެ ގޮތުން މިއަދު ބޭއްވި ބޮޑު ހިނގާލުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވިގޮތުގައި ކެމްޕެއިން ތެރޭގައި ރައްޔިތުން ގާތައްގޮސް އެމަނިކުފާނު ވާނީ އަމިއްލަ ބޭނުންތަކަށްވުރެ، އަމިއްލަ ސިޔާސީ އިސްކުރުމަށްވުރެ، ގައުމު އިސްކުރުމުގެ ވާހަކަތައް ދައްކަވާފައެވެ. އެހެންވެ، ކޮންމެ ރައްޔިތެއް ވެސް މާދަމާ ވޯޓުލާން ވާނީ އަމިއްލަ ނަފްސަށް ކޮށްދޭ ކަމަކަށް ވުރެ ބޮޑަށް އަމިއްލަ ގައުމަށް ކޮށްދޭ ކަމެއްކަމުގައި ވިސްނައިގެން ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

"ރައްޔިތުން ގާތަށް ގޮސް ރައްޔިތުންނާއި އަޅުގަނޑުމެން ކެމްޕެއިން ތެރޭގައި ބައްދަލު ކުރުމުން، ދެއްކި ވާހަކައަކީ އަމިއްލަ ބޭނުންތަކަށް ވުރެ، އަމިއްލަ ގައުމު އިސްކުރުމުގެ ވާހަކަ." އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ދިވެހިން ވާން ޖެހޭނީ ކުރިއަށް އޮތް ޖީލުގެ މުސްތަގުބަލު އުޖާލާ ކުރުމުގައި ގައުމު އިސްކޮށް ގައުމަށްޓަކާ ގުރުބާނީވާ ބައެކަށެވެ. އަދި ބުއްދީގެ ބޭނުން ރަނގަޅު ގޮތުގައި ހިފައި ގައުމަށްޓަކައި ރަނގަޅުގޮތް ނިއްމުމަށް ރައީސް ވަނީ އެންމެހާ ރައްޔިތުންނަށް ގޮވާލައްވާފައެވެ.

މާދަމާ ލިބޭ ވޯޓު ކަރުދާސްތަކުގައި ފާހަގަ ޖަހަންވާނީ، އެ ފާހަގައަކީ އަހަރެމެންގެ މުސްތަގުބަލު ބިނާކުރުމަށް ޖަހާ ފާހަގައެއްކަމަށް ދެކި، ކުރިއަށް އަންނަ ޖީލުތަކުން އެކަމަށް ސުވާލު ކުރާނެ ނިއްމުމެއް ކަން އެނގި ތިބެކަމަށް ރައީސް ވިދާޅުވިއެވެ. އެހެންވެ، މާދަމާ ފާހަގަ ޖަހަންވާނީ ޒިންމާދާރު ކަމާއެކުގައެވެ.