MTCC

ކަން ކުރާނަން، ކުރެހުންތައް ހަގީގަތަކަށް ހަދާނަން: މޫސާ އަލީ ޖަލީލު

20260401-232634-445443

ކަން ކުރާނަން، ކުރެހުންތައް ހަގީގަތަކަށް ހަދާނަން: މޫސާ އަލީ ޖަލީލު

SHARE

އިންތިހާބުވެއްޖެނަމަ ކަންކުރާނެ ކަމަށާއި، ކުރެހުންތައް ހަގީގަތަކަށް ހަދާނެ ކަމަށާއި ފާއިތުވި ތަނުގައި ގައުމަަށް ހިދުމަތްކުރުމުގައި ދެމިހުރިފަދައިން، އެ އުސޫލުތައް ދަމަހައްޓާނެ ކަމަށް، މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލް ވިދާޅުވެއްޖެ އެވެ.

ކެންޑިޑޭޓު މޫސާ އަލީ ޖަލީލް  މިފަދައިން ވިދާޅުވީ ކޮންގްރެސް ޕާޓީގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. އޭނާ ވިދާޅުވީ،މާލޭގެ މޭޔަރުކަމަށް ކުރިމަތިލުމަކީ ހަމައެކަނި ސިޔާސީ ދަތުރެއް ނޫން ކަމަށެވެ.

މޫސާ އަލީ ޖަލީލު ވިދާޅުވީީ، ރަސްމާލެ، ގުޅީފަޅު، ގިރާވަރުފަޅު ހިމެނޭހެން ބޮޑު މާސްޓަރ ޕްލޭން އެއްގެ ދަށުން އެތައް މަސައްކަތެއް ސަރުކާރުން ކުރަމުންދާ ކަމަށާއި، ރާއްޖޭ މީގެ ކުރިން ނުދެކޭ ވަރުގެ އުމްރާނީ ތަރައްގީއަށް ގެނައުމުގެ މަސައްކަތް ކުރަމުން ދާ ކަމަށެވެ.

އޭނާ ވިދާޅުވީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވައުދުފުޅާއި އެއްގޮތަށް ، ބިންވެރިކަމާއި ބޯހިޔާވަހިކަމުގެ ހިތްފަސޭހަ އައު ޒަމާނެއް، ކޮންމެ ރައްޔިތަކަށް ކަށަވަރުވެގެން ދާނެ ކަމަށެވެ.

"ފާއިތުވެ ދިޔަ ތާގެ ތަޖުރިބާ އަކީ ކޮބައިތޯ؟ ސަރުކާރުން ރައްޔިތުންނަށް ދޭން ޕްލޭން ކުރި ހިދުމަތްތަކަށް ކައުންސިލުން އެއްބާރުުލުން ނުދިނުމުގެ ނަތީޖާއަކީ ކޮބައިތޯ؟ އެއީ މާލޭގެ ރައްޔިތުންގެ ހިޔާލު ހޯއްދަވައިގެން، ރައްޔިތުންގެ އިހުސާސްތަކާއި އެއްގޮތަށް އެކުލަވާލި ޕްލޭން އެއް."

މާލޭ ސިޓީގެ ރައްޔިތުންނާ ގުޅިފައިވާ އެންމެ އަސާސީ ހައްގަކީ ބޯހިޔާވަހިކަން ކަމަށް ފާހަގަކުރައްވާ މޫސާ އަލީ ޖަލީލު ވިދާޅުވީ، މިއީ ރައީސް ޑރ މުއިއްޒު އެކުލަވާލި ސްޓްްރެޖިކް ޕްލޭންގެ ނަމްބަރު އެކެއްގައި އޮތް ހިދުމަތް ކަމަށެވެ. އޭނާ ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭން ނިންމާ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ކައުންސިލްގެ ދައުރު މުހިއްމުކަމަށާއި ކައުންސިލްްގެ އެއްބާރުލުން ނުހަނު ބޭނުންވާނެ ކަމަށެވެ.

"ކައުންސިލާއި މޭޔަރު ވާން އެބަ ޖެހޭ އަމިއްލަ ޖަޒުބާތުތަކަށް ވުރެ، އިހުސާންތެރި އޯގާވެރިއަކަށް. ގެދޮރުގެ ދަތިކަމުން ރައްޔިތުން ސަލާމާތްކޮށްދޭން އެބަ ޖެހޭ. އަޅުގަނޑު ތެދުވެ މިހުރީ އެގޮތުގައި. މާލޭ ސިޓީގެ ރައްޔިތުންނަށް ބޯހިޔާވަހިކަމާއި ބިންވެރިކަން ކަށަވަރުކޮށްދިނުމުގައި ސަރުކާރަށާއި ރައްޔިތުންނަށް އެއްބާރުލުންދީ އިސްވެ އެކަމުގައި ހަރަކާތްތެރިވުމަކީ އަޅުގަނޑުގެ އަޒުމް."

މާލޭ މަގުތަކުގެ މައްސަލައަށް އަލިއަޅުވާލައްވާ މޫސާ އަލީ ޖަލީލު ވިދާޅުވީ، ޕާކު ކުރުމުގެ ދަތިކަމާއި، މިކަމުގެ ސަބަބުން ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ހައްލު ގެނެސް ރަނގަޅު ބަދަލެއް ގެންނާނެ ކަމަށެވެ. މިކަންތައްތައް ކުރުމުގައި ފުރަތަމަ ހަފުތާއިން ފެށިގެން ވަރަށް ރޭވުންތެރި މަސައްކަތްތަކެއް ކުރާނެ ކަމަށް މޫސާ އަލީ ޖަލީލު ވަނީ ވިދާޅުވެފައެވެ.

މާލޭ ސިޓީ މޭޔަރުގެ ދާއިރާއަކީ ހަމައެކަނި މާލެ ސިޓީގެ ރައްޔިތުން ނޫން ކަަމަށާއި، އެއަށްވުރެ މާލޭ ސިޓީގެ ރައްޔިތުންނަށް މޭޔަރުގެ ވިސްނުމާއި ހިދުމަތް ތަނަވަސްކުރަންޖެހޭނެ ކަމަށް މޫސާ އަލީ ޖަލީ ވަނީ ވިދާޅުވެފައެވެ. މޭޔަރު ވާން ޖެހޭނީ ބޭރުން އަންނަ ފަރާތްތަކަށް ވެސް ނަމޫނާ ސިޓީއަކަށް ކަމަށް އޭނާ ފާހަގަކުރެއްވިއެެވެ.