ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފުލެޓު އެޅުމަކީ ރައްޔިތުންނަށް ބޯހިޔާވެހިކަން ހޯދުމަށް އެހީތެރިވުމަށް އެޅިގެން ދިޔަ މުހިންމު ފިޔަވަޅެއް ކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ އަބްދުލް މުއްޠަލިބު ވިދާޅުވެއްޖްއެވެ.
ނެޝަނަލް ހައުސިން އެފޯޑަބިލިޓީ އެންޑް އެކްސެސިބިލިޓީ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ފޭސް އެކެއްގައި އަޅާ އިތުރު 364 ފްލެޓުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައ މިނިސްޓަރު ވިދާޅުވީ، އެމްއެމްއޭގެ އިންކުލޫސިވް ނެޝެނަލް އެފޯޑަބަލް ހައުސިން ސްކީމްގެ ދަށުން ރާއްޖޭގައި އޮޕަރޭޓްކުރާ ބެންކުތަކަށް އެ ބޭންކްތަކުގެ މުޅި ޕޯޓްފޯލިއޯގެ 10 އަކާއި 15 އިންސައްތަ އަދި ފަސް އިންސައްތަ ޕްރޮފިޓް ރޭންޖްގައި ބޯހިޔާވެހިކަން ދޭންޖެހޭ ގޮތަށް ވަނީ ގަވައިދު އިސްލާހުކޮށްފަ އެވެ.
މިނިސްޓަރު ވިދާޅުވީ ބައެއް އާއިލާތަކަކީ ވަރަށް ދަތި ހާލަތުގައި އުޅޭ ވަގުތުން، ވަގުތަށް ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ އާއިލާތައްކަމަށެވެ. އަދި ބައެއް އާއިލާތަކަކީ ފުލެޓްގެ އަގު އަތްނުފޯރާފަށުގައި ހުރުމުން، ފުލެޓު ނުގަނެވިފައިވާ އާއިލާތައް ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން ބޯހިޔާވަހިކަމުގެ ތަފާތު މޮޑެލްތައް ތައާރަފުކޮށް، މައްސަލައަށް ޖުމުލ ހައްލެއް ހޯދުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މި މަޝްރޫއަކީ، ބޯހިޔާވަހިކަން ބޭނުންވެފައިވާ، ދަށް އާމްްދަނީ ލިބޭގެ އާއިލާތަކަށް ހާއްސަކޮށްގެން، އިމާރާތްކުރުމަށް ކަނޑައަޅާފައިވާ ހައުސިން މަޝްރޫއުތަކުގެ ތެރެއިން އެއް ބައި ކަމަށެވެ.
މި ފުލެޓް ލިބޭނީ އާއިލީ ބޯހިޔާވަހިކަމުގެ ފުލެޓަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ ފަރާތްތަކަށް ކަމަށް މިނިސްޓްރު ވިދާޅުވިއެވެ.
" މިއީ ގަވާއިދާއި ގާނޫނުގެ ތެރެއިން، ރައްޔިތުންނަށް ފައިދާ ވާނޭ ގޮތަށް ގެނެވުނު ހަރުދަނާ އަދި ރެގިއުލޭޓަރީ އިންޓަރވެންޝަންގެ ނަތީޖާ."
ނެޝަނަލް ހައުސިން އެފޯޑަބިލިޓީ އެންޑް އެކްސެސިބިލިޓީ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ފޭސް އެކެއްގައި އަޅާ އިތުރު 364 ފްލެޓްގެ ބިންގާ އަޅާފައިވާއިރު،އެއީ އަމީން ކޮންސްޓްރަކްޝަންއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން، 900 އަކަފޫޓުގެ ތިން ކޮޓަރީގެ އެޕާޓްމެންޓްތަކެވެ.