މާލޭ ސިޓީގެ މޭޔަރުކަމަށް ޕީއެންސީ ކެނޑިޑޭޓު މޫސާ ޖަލީލް ހޮވުމަށް މަޝްހޫރު ވިޔާފަރިވެރިޔާ ޗަމްޕާ މުޙައްމަދު މޫސާ (އުއްޗު) ތާއިދުކޮށްފިއެވެ.
އުއްޗުގެ އަރިހަށް، ކެންޑިޑޭޓް މޫސާ ޢަލީ ޖަލީލް ވަނީ ޗަމްޕާގިރިއަށް ޒިޔާރަތް ކުރައްވާފައެވެ މި ޒިޔާރަތުގަައި އުއްޗު ވަނީ މޫސާ ޖަލީލް އެންޑޯޒްކުރައްވާ މާލެ ސިޓީގެ މޭޔަރުކަމަށް މޫސާ ޖަލީލް އިންތިޚާބު ކުރުމަށް ތާއިދުކުރައްވާކަން ހާމަކުރައްވާފައެވެ. އަދި، ވޯޓް ހޯދަން މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަގީންކަން ވެސް އުއްޗު ދެއްވިއެވެ.
މޫސާ ޖަލީލަކީ، ސިފައިންގެ އަދި ފުލުހުންގެ ޚިދުމަތުގައި ވެސް ގިނައަހަރުތަކެއް ވާދެކަން މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ. އެކަން ފާހަގަކުރައްވައި އުއްޗު ވިދާޅުވީ ގައުމަށް ބޭނުންވަނީ މިފަދަ ރައްޔިތުންގެ އިތުބާރު ހޯދާފައިވާ ބޭފުޅުން ކަމަށެވެ. ޗަމްޕާ އަކީ ގިނަ އަހަރުތަކެއް ވާދެކަށް ފަތުރުވެރިކަމުގެ ސިނާއަތުގައި ވިޔަފާރިކުރަމުން އަންނަ، ރާއްޖޭގެ ފަތުރުވެރިކަމުގެ ބާނީއެކެވެ.