MTCC

ދެ ދުވަސްތެރޭ ފަތުރުވެރިންގެ ވިސާގެ މުއްދަތު އިތުރުކުރެވޭނެ ގޮތެއް ހަމަޖައްސަނީ!

MaldivesImmigrationWV

ދެ ދުވަސްތެރޭ ފަތުރުވެރިންގެ ވިސާގެ މުއްދަތު އިތުރުކުރެވޭނެ ގޮތެއް ހަމަޖައްސަނީ!

SHARE

ފަތުރުވެރިންނަށް ވިސާގެ މުއްދަތު އިތުރުކުރުމުގައި ލުއި ފަސޭހަ ގޮތްތަކެެއް މިއަންނަ އޭޕްރީލް މަހުން ފެށިގެން ހަމަޖެެއްސުމަށް މަސައްކަތްކުރަމުންދާ ކަމަށް، ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ތާރިޤު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރައީސް ޑރ މުއިއްޒު އެކުލަވާލެއްވި ވަޒީރުންގެ ހާއްސަ ކޮމެޓީގައި ނޫސްވެރިންނާ ބައްދަލުކުރައްވައި، މިނިސްޓަރު ތާރިގު ވިދާޅުވީ، ފަތުރުވެރިންގެ ވިސާގެ މުއްދަތަށް ވުރެ އިތުރަށް ރާއްޖޭގައި މަޑުކުރަންޖެހޭ ހަލާތްތަކުގައި، ފަތުރުވެރިންނަށް ވިސާގެ މުއްދަތު އިތުރުކުރުމަށް ލުއިފަސޭހަ ގޮތްތަކެއް ކަނޑައެޅުމަށް އިމިގްރޭޝަނާއެކު މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އެބޭފުޅުންގެ އޮންލައިން ޕްލެޓުފޯމުން، ވިސާ ފޮޓޯ އެޕްލައިކޮށް، ފައިސާ ދެއްކީމަ، 48 ގަޑިއިރުތެރޭގައި ވިސާ އެކްސްޓެންޑުކުރެވިގެންދާނެ"

އެގޮތުން އެޕްރީލް މަހުގެ ފުރަތަމަ ދުވަހު، ސިމްޕްލިފައިޑް ޓޫރިސްޓް ވިސާ އެކްސްޓެންޝަންގެ ހިދުމަތް ފެށުމަށް ތައްޔާރުވެފައިވާ ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. މީގެއިތުރުން، ޓެކް ރެކް ޑައިވިންގ އަދި ސްޕިއަރ ފިޝިންގް ތައާރަފުކުރުމަށް ވެސް ތައްޔާރުވަމުންދާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ކުރީގައި އޮންނަ ދިގު މުއްދަތު އަދި މިހާރު އޮންނަ ގޮތުންނަމަ، ހުށަހަޅަން ޖެހޭ ބައިވަރު ލިޔެކިއުންތައް ހުށަނާޅާ، ފަތުރުވެރިންނަށް ވިސާގެ މުއްދަތު އަންނަ މަހުން ފެށިގެން އިތުރުކުރެވޭނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ފަތުރުވެރިންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. ހަނގުރާމައާ ގުޅިގެން ފަތުރުވެރިކަމުގެ ސިނާއަތަށް އަދި ދެން ހުރި ސިނާއަތްތަކަށް ވެސް ކުރާ ނޭދެވޭ އަސަރު ކުޑަކުުުރުމަށް ދިވެހި ސަރުކާރުން ދަނީ ގިނަގުނަ މަސައްކަތްތައް ކުރަމުންނެވެ. ހަނގުރާމައާ ގުޅިގެން އަސާސީ ކޯބާތަކެއްޗާއި، ތެލާއި ގޭހުގެ އެއްވެސް ދަތިކަމެއް ނެތް ކަމަށް މީގެކުރިން ސަރުކާރުން ވަނީ ވިދާޅުވެފައެވެ.