MTCC

ހަނގުރާމައާއެކު ދަތުރުކުރުން ހުއްޓާލި ބައެއް އެއާލައިންތަކުން ރާއްޖެއަށް އަލުން ދަތުރުތައް ފަށަނީ

ktgmbktz-large

ހަނގުރާމައާއެކު ދަތުރުކުރުން ހުއްޓާލި ބައެއް އެއާލައިންތަކުން ރާއްޖެއަށް އަލުން ދަތުރުތައް ފަށަނީ

SHARE

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން، ދަތުރުތައް މެދުކަނޑާލި ބައެއް އެއަރލައިންތަކުން އަލުން ރާއްޖެއަށް ދަތުރުކުރަން ފަށާފައިވާކަމަށް، ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ ހަނގުރާމައާ ގުޅިގެން، ރައީސް މުއިއްޒު އެކުލަވާލި ހާއްސަ ކޮމެޓީގައި ނޫސްވެރިންނާ މުހާތަބުކޮށް ދެއްކެވި ވާހަކަފުޅުގައެވެ. މިނިސްޓަރު ވިދާޅުވީ، މެދުއިރުމަތީގެ އެއަރލައިން އޮޕަރޭޓްކުރާ ކޮރިޑޯތަކުގައި، އެމިރޭޓްސް، އިއްތިހާދު އަދި ފްލައި ދުބާއީއިން މިހާރު، ދުވާލަކު ދެ ފްލައިޓް އޮޕަރޭޓް ކުރަމުންދާ ކަމަށެވެ.

މީގެއިތުރުން، ކުރިއަށް އޮތް އޭޕްރީލް މަހުން ފެށިގެން، ގަތަރު އެއަރވޭޒް އިން ވެސް ދުވާލަކު އެއް ފުލައިޓު އޮޕަރޭޓްކުރުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

"އިރާދަކުރެއްވިއްޔާ އޭޕްރިލް މަހުގެ 9 ން ފެށިގެން ގަތަރު އެއަރވޭސް ވެސް ދުވާލަކު ފްލައިޓެއް އޮޕަރޭޓް ކުރައްވަން ފައްޓަވާނެ. އެ ޝެޑިއުލް ވެސް އަޅުގަނޑުމެންނަށް މިހާރު ކޮންފާރމް ކުރެވިއްޖެ"

މިނިސްޓަރު ވިދާޅުވީ، ރާއްޖެއަށް މީގެ ކުރިން އަންނަ ފްލައިޓުތަކުގެ ބުކިން ލޯޑު އެވްރެޖުކޮށް 50 އިންސައްތައިގައި ހުރިނަމަވެސް މިހާރު ފްލައިޓުތަކުގެ ލޯޑު 75 އިންސައްތައިގައި ހުންނަ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، ދަތުރުކުރުމަށް އައު ރޫޓްތައް ހޯދުމަށް ކަމާއި ބެހޭ އިދާރާތަކާއެކު މަސައްކަތްކުރަމުން އަންނަ ކަމަށެވެ.