ގދ. ހޯޑެއްދޫ މަގު ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ، ހޯޑެއްދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ނައިބު ރައީސް އަލްއުސްތާޒް ހުސައިން މުހައްމަދު ލަތީފްއެވެ.
މި މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. އެމްޓީސީސީ އިން ބުނީ މި މަސައްކަތުގެ ދަށުން،3.33 ކިލޯ މީޓަރުގެ 7 މަގެއް ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން މި މަގުތަކުގައި، ފެން ހިއްދާ ނިޒާމެއް ގާއިމުކުރުމާއި، ސަރވިސް ލައިން އެޅުމާއި، ޕޭވްމެންޓް ހެދުމާއި،، ދުއްވާ ސަރަހއްދެއް ގާއިމުކުރުމުގެ އިތުރުން މަގު ބައްތި ހަރުކުރުން ވެސް ކުރިއަށްދާނެ ކަމަށް އެމްޓީސީސީއިން ވަނީ މައުލޫމާތު ދީފައެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުކޮށްފައިވަނީ 720 ދުވަސްތެރޭ ނިންމުމަށް، 93.06 މިލިއަން ރުފިޔާއަށެވެ.
ހޯޑެއްދޫގެ އަޑިގުޑަން މަގުތައް ރަނގަޅު ފެންވަރަކަށް ހެދިފައި ނެތުމަކީ، ވިއްސާރަ މޫސުމެއް އަތުވެއްޖެނަމަ، މަގުތަކުގައި ޗަކަ ހެދި ހިނގާ މީހުންނާއި ދުއްވާ ތަކެއްޗަށް އެކަމުގެ ދަތިކަން ފޯރަމުންދާ މައްސަލައެއް ކަމަށް އެމްޓީސީސީއިން ފާހަގަކުރިއެވެ.
މި ފެށުނު މަޝްރޫއުގެ މަސައްކަތް ނިމުމާއެކ،ު ޒަމާނީ ރަނގަޅު ފެންވަރުގެ ރައްކާތެރި މަގުތަކެއް އެރަށުގެ ރައްޔިތުންނަށް ލިބޭނެކަމަށް އެމްޓީސީސީއިން ބުނެއެވެ.